twitterviber whatsapp telegramfacebookyoutube instagram
23rd March 2026

ރައީސް ހދ އަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވަނީ

ޚަދީޖާ އާދަމް
Jul 13, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ކުޅުދުއްފުށި، ހަނިމާދޫ އަދި ކުމުންދޫ އަށެވެ. އަންނަ ހުކުރު ދުވަހު ފައްޓަވާ މި ދަތުރުފުޅު ނިންމާވާ ލައްވާނީ އާދިއްތަ ދުވަހުކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެ އޮފީހުން ބުނި ގޮތުގައި ކޮވިޑް ބަލިމަޑުކަން ކުރިމަތިވުމުން އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތައް މަޑުޖައްސާލެއްވި ކަމަށާއި އޭގެ ކުރިން ރައީސް ވަނީ ގިނަ ކައުންސިލްތަކަކާ ބައްދަލުކުރައްވާފަ ކަމަށެވެ.

މިގޮތުން، މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ލޯކަލް ކައުންސިލްތަކާ އެކު ބާއްވަވައި، 69 ރަށަކަށް އެ މަނިކުފާނު ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހަލަތަށް އައިސްފައިވާ ބަދަލާ އެކު، އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ، ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355