twitterviber whatsapp telegramfacebookyoutube instagram
17th June 2026

މީހުން ބިނާކުރުމުގެ ސްކޮލަޝިޕަށް ޖަޕާނުން ހިލޭ އެހީ ދީފި

ނަބީލާ އިސްމާޢީލް
Jul 15, 2021

އެކި ދާއިރާތަކުން އިންސާނީ ވަސީލަތް ބިނާކުރުމަށްޓަކައި ޖަޕާނު ސަރުކާރުން 110 މިލިއަން ޖަޕަނީސް ޔެންގެ އެހީ ދިވެހި ސަރުކާރަށް ދީފިއެވެ.

މިކަމަށްޓަކައި މިއަދު ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި, ޖަޕާނު ސަރުކާރުން ވަނީ ރާއްޖެއަށް 110 މިލިއަން ޔެން (988,000 ޑޮލަރު)ގެ ހިލޭ އެހީ ދީފައެވެ. އެއްބަސްވުމުގައޮ ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ފޮރިން މިނިސްޓްރީން ބުނި ޖަޕާން ސަރުކާރުން މި ފައިސާގެ އެހީ ދިނުމުގެ މަގްސަދަކީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ހަ ސްކޮލަޝިޕަށް ފަންޑުކުރުމެވެ.

މިއީ މި މަސައްކަތް ކުރުމަށް ޖަޕާނުން ރާއްޖެއަށް ފައިސާގެ އެހީ ދޭ ދެވަނަ ފަހަރު ކަމަށް މިނިސްޓްރީން ބުނެއެވެ. މިއަދު ހަވާލުކުރި ފައިސާގެ ސަބަބުން ޖަޕާނު ސަރުކާރުން ދޭ ސްކޮލަޝިޕްތައް މެދުނުކެނޑި 2022 ވަނަ އަހަރުވެސް ކުރިއަށް ގެންދެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355