twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ނެތުމުގެ ކަންބޮޑުވުމަށް ރައީސް އިޖާބަ ދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Jul 16, 2021
1

ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީއެއް ކުޅުދުއްފުށި ސިޓީގައި ނެތުމުން އެކަމާ ފާޅުކުރެއްވި ކަންބޮޑުވުމަށް ރައީސް ސޯލިހް އިޖާބަދެއްވާ، ކުޅުދުއްފުށި ސިޓީގައި ފެސިލިޓީއެއް ގާއިމުކުރުމަށް ހެލްތް މިނިސްޓްރީއަށް އަންގައިފި އެވެ.

ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރެވިފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ބޮޑު އާބާދީއަކަށް ވެފައި އަދި ރީޖަނަލް ހޮސްޕިޓަލްގެ ހުންނަ ރަށަށްވުމުން ކޮވިޑް ފެސިލިޓީއެއްގެ މުހިންމުކަން ބޮޑެވެ. އެކަމުގެ ކަންބޮޑުވުން މޭޔަރު އާތިފާއި ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު އަދި މެމްބަރު ޔާސިރު އަބުދުލް ލަތީފްވެސް މީގެ ކުރިން ވަނީ ފާޅުކުރައްވާފަ އެވެ.

ރައީސް ސޯލިހް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ހޮސްޕިޓަލަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވައި ވެރިންނާ ވަނީ މަޝްވަރާކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި މެނޭޖަރު އަހުމަދު ވަނީ އެ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީއެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ރައީސް އަށް ދަންނަވާފަ އެވެ.

އެ ވާހަކަތަކަށް އިޖާބަދެއްވާ ރައީސް ވަނީ ކުޅުދުއްފުށީގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމަށް ދަންނަވާފަ އެވެ. އަދި މިކަމުގެ މަޝްވަރާތައް ފުޅާ ދާއިރާގައި މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެ އެވެ.

މީގެ އިތުރުން ޕްރައިވެޓް މީގެ އިތުރުން ޕްރައިވެޓް ރޫމް ހުރުމުގެ މުހިންމުކަމާއި، އަދި އޯޕީޑީގައި ހުރި ދަތިތަކުގެ ވާހަކައާއި، އެމްބިއުލާންސްގެ ދަތިކަމާއި، ކާޑިއޮލޮޖިސްޓާއި، ނިއުރޮލޮޖިސްޓް ހޯދުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައި ދިނުމާއި، 4 ހޮސްޕިޓަލް އޮޕްޓިމައިޒޭޝަން ޕްރޮޖެކްޓްގައި ހުރި ބައިތައް އަވަސް ކޮށްދިނުމަށް ވަނީ ރައީސްއާ ހިއްސާކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއްކަމަށާއި، އެހެންވުމުން ކޭއާރުއެޗުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމަށެވެ. މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅުދުއްފުށި ސިޓީއަކީ މުޅި ރީޖަންގައި މުހިންމު ދައުރެއް އަދާކުރާ ސިޓީއެއްކަމަށާއި، އެހެންވުމުން ކޭއާރުއެޗުގެ ހިދުމަތް މަތިކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355