twitterviber whatsapp telegramfacebookyoutube instagram
20th April 2024

12 އަހަރުން މަތީގެ ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ހާއްސަ ވެކްސިން ޕްރޮގްރާމެއް ފަށަނީ

ނަބީލާ އިސްމާޢީލް
Jul 17, 2021

12 މަތީގެ ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ހާއްސަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައީސްގެ ދެކަނބަލުން އުތުރުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ސިޓީގެ 3 ސްކޫލުގެ އިސްވެރިންނާއި މިއަދު ހެނދުނު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައެވެ.

ތައުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ހާއްސަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އެ ތިން ސްކޫލުގެ ވެރިންވަނީ އެތައް ޒަމާނެއް ވަންދެން އެ ސްކޫލުތަކުގައި ޙައްލު ނުލިބި ހުރި އެތައްކަމެއް މި ސަރުކާރުން ހައްލު ކޮށްދެއްވައިފި ކަމުގައި ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ސްކޫލްތަކުގެ ވެރިންވަނީ އެ ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭންކުރެވިފައިވާ އުމްރާނީ މަޝްރޫއުތައް ބާރަށް ކުރިޔަށްދާތީ އެކަން ވެސް ފާހަގަ ކުރައްވާފައެވެ. ސްކޫލްތަކަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި، ބޭނުންވާ އިތުރު ކަންކަމާއި އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމާއި އަދި ކުދިންގެ ތަޢުލީމް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ މަޝްވަރާ ސްކޫލްތަކުގެ އިސް ވެރިންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އަފީފުއްދީން ސްކޫލުގެ ހާލަތު ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަފީފުއްދީން ސްކޫލަކީ ރާއްޖޭގައި އަލަށް ވަށާޖެހޭ ތަޢުލީމު ފުރިހަމަވާގޮތަށް ފަރުމާކުރާ 5 ސްކޫލުގެ ތެރެއިން މިއަހަރު ތަރައްޤީ ކުރާ 2 ސްކޫލުގެ ތެރޭގައި ހިމެނޭ އެއް ސްކޫލުކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުގެ އިދާރާތަކުގެ މުސާރަތައް ހާމޮނައިޒްކުރުމުގެ ގޮތުން ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށްކަން ހާމަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355