twitterviber whatsapp telegramfacebookyoutube instagram
9th August 2026

ހަނިމާދޫ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވާދެއްވައިފި

މުޙައްމަދު އަހުމަދު
Jul 18, 2021
1

އުތުރުގެ ތިން ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް އިއްޔެ ފައްޓަވާދެއްވައިފި އެވެ.

71.9 މިލިއަން ރުފިޔާގެ މި މަސްރޫއުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސްރޫއެކެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދާއި، މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން، 20 މަގެއްގައި 44،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355