އޮސްޓްރޭލިއާގެ ސައިންޓިސްޓުން ކަށި ބޭނުންނުކޮށް ލޭގައި ހަކުރު ހުރިވަރު ބެލޭނެ ފަސޭހަ ގޮތެއް ހޯދައިފި އެވެ. ސައިންޓިސްޓުންގެ ޓީމުން ބުނީ ކުޅު ބޭނުންކޮށްގެން ލޭގައި ހުންނަ ގުލްކޯޒް ލެވެލް ބަލާލެވޭނެ ފަސޭހަގޮތެއް މިހާރު ހޯދިފައިވާކަމަށެވެ. މިހާރު ހުންނަ މެޝިންތަކުން ހަކުރު ބެލުމަށް ބޭނުން ކުރަނީ ލޭ ތިއްކެކެވެ. އެގޮތުން ޓެސްޓް ކުރުމަށް ކޮންމެ ފަހަރަކުވެސް ކައްޓެއް އިނގިލި ކޮޅަށް ހަރާލަން ޖެހެއެވެ.
އެޓީމުގައި ހިމެނޭ ޕްރޮފެޝަރ ޕޯލް ޑަސްޓޫރު ބުނީ މި އާ ހޯދުމާއެކު ބަލި މީހާއަށް އެއްވެސް ވޭނަކާނުލައި ގުލްކޯޒް ޓެސްޓް ހަދާލެވޭނެކަމަށެވެ. މި ޓެސްޓް ވެސް ހަދަނީ ކުޑަ މެޝިނެއް ބޭނުން ކޮށްގެން ކުޅުގެ ޒަރިއްޔާއިންނެވެ.
އޭނާ ބުނީ އެފަދަ އިންވެންޝަނެއް، އެންމެންނަށް ގަނެވޭނެފަދަ އަގެއްގައި ހެދުން ވީ ވަރަށް ބޮޑު ޗެލެންޖަކަށެވެ. ހާއްސަކޮށް ކުޅު ބޭނުންކޮށްގެން ޓެސްޓް ހަދާތީ ވަރަށް ގިނަކަންކަމަށް ބަލަން ޖެހުނުކަމަށާއި އެކަމަށް ވަރަށް ގިނަ ދިރާސާކުރިކަމަށެވެ.
އެގޮތުން އެމީހުން ހަދާފައިވަނީ ހިމަދިގު ޗިޕެއްގެ ސިފައަށް އޮންނަ ޓެސްޓިން ކިޓެކެވެ. މި އުފެއްދުމަށް އެގައުމުގެ ސަރުކާރުން ވަނީ 6.3 މިލިއަން ޑޮލަރުގެ އެހީއެއްވެސް ދީފައެވެ. އެގޮތުން ކްލިނިކް ޓްރެއަލްއިން ފާސްވުމުން ކިޓް ބޭނުން ކުރުމުގެ ހުއްދަ ދޭނެއެވެ.
ޕޯލް ބުނީ މި ކިޓް ކުރިއަށް އޮތްތަނުގައި ކޮވިޑް ޓެސްޓުކުުރުމަށާއި ހޯމޯން އަދި ކެންސަރުފަދަ ޓެސްޓުތަކަށް ވެސް ބޭނުން ކުރެވޭނެ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ،