twitterviber whatsapp telegramfacebookyoutube instagram
6th October 2026

ހަނިމާދޫ އާއި ނޮޅިވަރަންފަރުގެ ހައުސިންގ ޔުނިޓްތައް ނިންމަން އަލުން ބަޔަކާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Jul 18, 2021

ހދ. ހަނިމާދު އާއި އެ އަތޮޅު ނޮޅިވަރަމްފަރުގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫއު އަލުން ބަޔަކާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ހަނިމާދޫގައި އިމާރާތް ކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓް ނިންމުމުގެ މަސައްކަތާއި އެ ރަށުގައި އަލަށް އިމާރާތް ކުރާ 48 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓަޑާ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން 79.3 މިިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއު ނިންމަން ހަމަޖެހިފައި ވަނީ 330 ދުވަހުންނެވެ.

ހަނިމާދޫގެ އިތުރުން ނޮޅިވަރަމްފަރުގައި އިމާރާތް ކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ އެވެ. ދައުލަތުގެ ބަޖެޓުން 53.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު 8 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

ހަނިމާދު އާއި ނޮޅިވަރަމްފަރުގައި އިމާރާތްކުރާ ހައުސިން ޔުނިޓުގެ މަޝްރޫއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު ފެށި ދެ މަޝްރޫއެވެ. ނަމަވެސް 2014 ވަނަ އަހަރު ވަނީ އެ މަޝްރޫއު ހުއްޓިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293