twitterviber whatsapp telegramfacebookyoutube instagram
6th September 2026

ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖޭ އައިސް ކަރަންޓީންވާން ނުޖެހޭ ގޮތް ހަދައިފި

ނަބީލާ އިސްމާޢީލް
Jul 21, 2021

ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ފަހުން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އުސޫލަށް ބަދަލު ގެނެސް އެ އުސޫލު އާންމުކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ، މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ދިވެހީންނަށާއި ވޯކްޕާމިޓް ހޯލްޑަރުންނަށް، 72 ގަޑިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އަކާއެކު ރާއްޖެ އާދެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެ، ބަލިން ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ސާމްޕަލް ނެގި ތާރީހުން ފެށިގެން 60 ދުވަސް ނުވާ މީހުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒާސް ލިސްޓުގައި ހިމެނޭ ކޮވިޑް ވެކްސިނެއް ފުރިހަމަކޮށް، 14 ދުވަސްވެފައިވާ ނަމަ ރާއްޖެ އެތެރެވުމަށް ފަހު ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ނަމަވެސް ވެކްސިން ފުރިހަމަ ނުކުރާ މީހުންނާއި ކޮވިޑްޖެހި 60 ދުވަސް ނުވާ މީހުން 14 ދުވަސް ކަރަންޓީން ވާން ޖެހޭނެ އެވެ.

ފަސްދޮޅަސް ދުވަސް ގުނަން ފަށާނީ ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީހުން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަދަލުގެ ދަށުން އެ މީހުންނާ އެކު ދަތުރުކުރާ، ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުދިން ވެސް ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނާ އެކު ދަތުރުކުރާ ކުޑަކުދިން ރާއްޖެ އެތެރެވެ، 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓެއް ހަދަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355