twitterviber whatsapp telegramfacebookyoutube instagram
10th November 2026

މަހަރަޝްތްރާގައި ފެންބޮޑުވެ 100 ވުރެ ގިނަ މީހުން މަރުވެއްޖެ

ޚަދީޖާ އާދަމް
Jul 24, 2021

އިންޑިޔާގެ މަހަރަޝްތްރައަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ 138 މީހުން މަރުވެ، ހާލުގައި ޖެހުނު 90،000 ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި އެވެ.

މަހަރަޝްތްރަގެ ޗީފް މިނިސްޓަރު އުއްދަވް ތަކަރޭ ފެންބޮޑުވި ސަހަރައްދުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ތަލިޔެ އަވަށަށްވެސް ޒިޔާރާތްކުރާނެ އެވެ.

ފެންބޮޑުގެ ބިންގަނޑު ކަނޑައިގެން ގޮސް 54 މީހުން ވަނީ މަރުވެފައެވެ. ސަލާމަތް ކުރި ގިނަ މީހުން ތިބީ ގޭގޭގެ ފުރާޅުތައް މައްޗަށް އަރާކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 30 މީހުން ގެއްލިފައިވާއިރު އަދިވެސް ފެންގަނޑު ދަނީ ބޮޑުވަމުން ކަމަށް ހަބަރުތަކުން ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު އުޅެނީ އެންމެ ނުރައްކާތެރިކަން ބޮޑު ސަރަހައްދުގައި ކަމަށާއި ފެންގަނޑު އިތުރަށް ބޮޑުވަމުންދާތީ މީހުން ސަލާމަތްކުރުމުގައި ދަތިތަކެއް ދިމާވަމުން ދާކަމަށް ވެސް ހަބަރުތަކުން ބުނެއެވެ.

ޖޫން އަދި ސެޕްޓެމްބަރާ ދެމެދު އިންޑިޔާއަށް ކުރާ ވިއްސާރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމުކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293