twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިސްލާހާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ލަފާދޭން 14 މެންބަރުންގެ ކައުންސިލެއް

Jul 26, 2021

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހާއެކު ސިނާއަތް ތަމްސީލް ކުރާ ގޮތަސް މިނިސްޓަތަށް ލަފާދެން 14 މެންބަރުންގެ ކައުންސިލެއް އުފައްދަން ލާޒިމް ވެއްޖެ އެވެ.

މި ކައުންސިލްގެ ސެކްރެޓޭރިއެޓް ބަލަހައްޓާނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

އެސްއެމްއީ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން މިގޮތުން އެކުލަވާލާ 14 މެންބަރުންގެ ކައުންސިލަކީ ވިޔަފާރި ތަރައްގީކުރުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީގުކުރުމަށް އަމަލީގޮތުން ހިންގާނެ ހަރަކާތްތައް ކަނޑައެޅުމުގައި އިިކޮނޮމިކް މިނިސްޓްރީއަށް ލަފާދޭ މައިގަނޑު ފަރާތެވެ.

ގާނޫގައިވާ ގޮތުން މި ކައުންސިލުން ކޮންމެ ކުއާޓަރަކު ދެ ފަހަރު ބައްދަލުވުންތައް ބާއްވަން ޖެހެ އެވެ.

އެސްއެމްއީ ކައުންސިލް އެތުރޭނެ ގޮތް

- އިކޮނޮމިކް މިނިސްޓަރު
- ފިޝަރީޒް/ އެގްރިކަލްޗަރު މިނިސްޓަރު
- ޓޫރިޒަމް މިނިސްޓަރު
- ފިނޭންސް މިނިސްޓަރު
- އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ މަންދޫބެއް
- މަސްވެރިކަމުގެ ދާއިރާއިން މަންދޫބެއް
- ދަނޑުވެރިކަމުގެ ދާއިރާއިން މަންދޫބެއް
- ޓޫރިޒަމް ދާއިރާއިން މަންދޫބެއް
- އައިޓީސީ ދާއިރާއިން މަންދޫބެއް
- ޢިމާރާތްކުރުމުގެ ދާއިރާއިން މަންދޫބެއް
- އެމްއެމްއޭ ފައިނޭންޝަލް ސެކްޓަރުގެ އިސް އޮފިޝަލެއް
- މީރާގެ އޮފިޝަލެއް
- ބީސީސީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ
- އެސްއެމްއީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު ނުވަތަ ސީއީއޯ

އަދި މި ގާނޫނާއެކު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ގިންތި ކުރާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

އެސްއެމްއީ ވިޔަފާރިތަކުގެ ގިންތިތައް

- އެންމެ ކުދި: މުވައްޒަފުން ފަހެއް ( ޖުމްލަ އާމްދަނީ ފަސް ލައްކައާ ހަަމަށް، ސާފު ފައިދާ 75،000ރ. އާ ހަމައަށް)
- ކުދި ވިޔަފާރި: މުވައްޒަފުން 6 އާއި 30 އާ ދެމެދު ( ޖުމްލަ އާމްދަނީ ފަސް މިލިއަނާ ހަމައަށް، ސާފު ފައިދާ 750،000ރ. ހަމައަށް
- މެދު ފަންތި: 31 އާއި 100 އާ ދެމެދު ( ޖުމްލަ އާމްދަނީ 20 މިލިއަން ރުފިޔާއާ ހަމައަށް، ސާފު ފައިދާ ތިން މިލިއަން ރުފިޔާއާ ހަމައަށް

އެސްއެމްއީ ގާނޫނު މިހާރު އޮތް ގޮތުން މި ގިންތިތަކުގައި ހިމެނޭ ވިޔަފާރިތައް އެއް ގިންތިން އަނެއް ގިންތިއަށް ބަދަލުވާނެ އެވެ. ބަދަލު ވާނީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން، ރަޖިސްޓްރާރަށް ހުށަހަޅާ ވިޔަފާރިތަކުގެ މައުލޫމާތުތަކަށް ރިއާޔަތްކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355