twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޕޮޒިޓިވްވި ނަރުސް އިންޑިޔާއަށް ދަތުރުކޮށްފައެއް ނުވޭ: ދިއްދޫ ހޮސްޕިޓަލް

ޚަދީޖާ އާދަމް
Jul 27, 2021

ހއ ދިއްދޫ ހޮސްޕިޓަލްގައި މަސައްކަތްކުރާ އިންޑިޔާގެ ނަރުހަކު ޕޮޒިޓިވްވެގެން ރޭ އެރަށް މޮނީޓަރިންނަށް ލައިފައިވާއިރު އެ ނަރުސް މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ނޫންކަަމަށް ދިއްދޫ ހޮސްޕިޓަލުން ބުނެފި އެވެ.

ރޭ އެރަށް މޮނީޓަރިންނަށް ލުމާއި ގުޅިގެން ބައެއް މީޑިއާތަކުން ބުނެފައިވަނީ އެ ނަރުސް މީހާ ޕޮޒިޓިވްކަން އެނގުނީ އިންޑިޔާއިން އައުމަށް ފަހު އަލާމަތްތައް ފެނިގެން ޕުލޫ ކްލިނިކަށް ދެއްކުމުން ކަމަށެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު އުސްމާނު އަޝްރަފު ކޭއޯއަށް ވިދާޅުވީ އެވަހަކައަކީ ދޮގެއް ކަމަށާއި އެ ނަރުސް މީހާއަކީ އެއްވެސް ޓްރެވަލް ހިސްޓްރީއެއް އޮތް މީހެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ ޖޫންމަހު އެރަށް މޮނީޓަރިންނަށް ލުމަށްފަހު މިމަހު 21 ނެގިއިރު އެޗްޕީއޭގެ ހުއްދައާއި ނުލައި އެރަށް އެރުމާ ފޭބުންވެސް އޮތީ މަނާވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި ނަރުސް ހޮސްޕިޓަލުން ކޮންޓެކްޓްވީ 8 މީހުންނާއި ކަމަށާއި އެއީ އެއް ޝިފްޓެއްގައި މަސައްކަތްކުރާ މީހުންކަމަށެވެ. އެމީހުންގެ ސާމްޕަލް މިހާރު ނަގާފައިވާނެ ކަމަށާއި މިއަދުގެ ވަގުތެއްގައި ސާމްޕަތަކުގެ ނަތީޖާ ލިބޭނެކަމަށެވެ.

މިދިޔަ ޖޫންމަހު 24 ވަނަ ދުވަހު ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓިވެ ދިއްދޫ ވަނީ މޮނީޓަރިންނަށް ލައިފައެވެ. އޭގެ ކުރިން ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެގެން މެއި 1 ވަނަ ދުވަހުވެސް ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކޮވިޑްގެ ހާލަތު ގޯސްވެ 100 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައި ވެއެވެ. އެފަހަރު މޮނީޓަރިންގެ ހާލަތު އުވާލީ ޖޫން 5 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355