twitterviber whatsapp telegramfacebookyoutube instagram
6th May 2024

ކުޅުދުއްފުށިން 8 މީހަކު ޖޫރިމަނާކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 27, 2021
1

ކޮވިޑް-19 ގެ ކޭސްއެއް ފެނިގެން އެޅި ފިޔަވަޅުތަކާ ހިލާފުވި 8 މީހަކު ކުޅުދުއްފުށި ސިޓީން ޖޫރިމަނާކޮށްފި އެވެ. މިމަހު 24 ވަނަ ދުވަހު ކުޅުދުއްފުށިން ޕޮޒިޓިވްވީ 13 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އެނގުނީ އަލާމާތް ފެނިގެން ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކުމުންނެވެ.

ކުޅުދުއްފުށީ ޓާސްކް ފޯސްގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް އުސޫލާ ހިލާފުވި 8 މީހަކު ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެގޮތުން މާސްކު ނާޅާ އުޅުނު 7 މީހަކާއި ކާފިއު ގަޑީގައި ބޭރުގައި އުޅުނު އެކަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.

ކުޅުދުއްފުށީގައި ކޮވިޑް-19 ބަލި ޖެހިފައިވާ މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު މީގެ ތެރެއިން 8 ކޭސްއަކީ ފުލޫ އޯޕީޑީއަށް ދެއްކި މީހުންނެވެ.

ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވުމުން ކަމާ ގުޅުން ހުރި ފަރާތްތަކުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ކޭއާރުއެޗުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޭއާރުއެޗުން ބުނީ ހާއްސަ ގޮތެއްގައި މާސްކު އެޅުމާއި، ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، ދިމާވާ ފަރާތްތައް ނުވަތަ "ކޮންޓެޓްކް ބަބްލް" ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް އެދިފަ އެވެ.

މޭޔަރު އާތިފު ވިދާޅުވެފައިވަނީ ކޭސްތަކާ ގުޅުންހުރި ފަރާތްތަކެއް ޕޮޒިޓިވްވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ބަލި އިތުރަށް ފެތުރުނަ ނުދީ އާންމު ހާލަތަށް ގެނައުމަށް ހުރިހާ ރައްޔިތުން މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355