twitterviber whatsapp telegramfacebookyoutube instagram
13th May 2026

އަންނަ ދިރާސީ އަހަރު ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް

ޚަދީޖާ އާދަމް
Jul 28, 2021
1

ނާސްތާ ޕްރޮގްރާމްގެ ތެރެއިން އާ ދިރާސީ އަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދަން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންކަމުން ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމް ނިމެންދެން އެ ޕްރޮގްރާމް ކުރިއަށް ނުގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ނާސްތާ ޕްރޮގްރާމް ނިންމާލީ ނޫން ކަމަށާއި ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ދަތި ހާލުގައި ވެސް ނާސްތާ ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައެޅިފައިވާ ދަރިވަރުންނަށް ދެމުން ގެންދާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ. އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު 188 ސްކޫލާއެކު ހަމަ އެހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ.

ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުން އެންމެ އިސްކަން ދީގެން ގެނައި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355