twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނާސްތާ ދޭނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށް: އެޑިއުކޭޝަން

ނަބީލާ އިސްމާޢީލް
Aug 6, 2022
1

ނާސްތާ ޕްރޮގްރާމްގެ ތެރެއިން އާ ދިރާސީ އަހަރުގައި ނާސްތާ ދޭނީ ކޮންމެހެން ބޭނުންވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދިރާސީ އާ އަހަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ވިދާޅުވީ އަލީ ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ހިންގާނީ އެކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކުދިންނަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން 2019 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި ވަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތު 25 ސްކޫލެއްގައި ނާސްތާ ފަށާފަ އެވެ. އެ ޕްރޮގްރާމުގެ ތަޖުރިބާއަށް ފަހު 188 ސްކޫލާއެކު ހަމަ އެހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން 203 ސްކޫލްގައި ދަރިވަރުންނަށް ނާސްތާ ދޭން ފެށި އެވެ.

ނަމަވެސް ކޮވިޑްގެ ހާލަތާއި ގުޅިގެން ނާސްތާ ޕްރޮގްރާމް ސަރުކާރުން ވަނީ މެދުކަނޑާލާފައެވެ.

ނާސްތާ ޕްރޮގްރާމަކީ މި ސަރުކާރުން އެންމެ އިސްކަން ދީގެން ގެނައި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. ސްކޫލްތަކުގެ ހުރިހާ ދަރިވަރުންނަށް ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިގޮތަށް ހަދާފައި ވަނީ ނާސްތާ ދިނުމުގެ މަރުހަލާގައި ހިނގާ އިސްރާފުކުރުމުގެ ކަންކަން ނިމުމަކަށް ގެނެއުމަށް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމް ވެގެން ދާނީ "ނީޑްބޭސްޑް" ޕްރޮގްރާމަކަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355