twitterviber whatsapp telegramfacebookyoutube instagram
3rd June 2023

އޮލިމްޕިކްސް ގޭމްސްއާއެކު ޓޯކިއޯއަށް ކޮވިޑުގެ ރާޅެއް

މުޙައްމަދު އަހުމަދު
Jul 28, 2021

އޮލިމްޕިކްސް ގޭމްސްއާއެކު ޖަޕާނުގެ ޓޯކިއޯގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ރިޕޯޓުކޮށްފި އެވެ.

މިއީ މިއަހަރުގެ ޖެނުއަރީއަށް ފަހު އެންމެ ގިނަ އަދަދަކަށް އެގައުމުގައި ކޮވިޑް ކޭސްތައް ރިޕޯޓްކޮށްފައިވަނީ އިއްޔެ އެވެ. އިއްޔެ އެގައުމުގައި 2848 ކޭސް ރިޕޯޓްކުރިއިރު ޖުމްލަ އަދަދު ވަނީ ދެލައްކައަށްވުރެ މައްޗަށް އަރާ މިބަލީގައި 15،129 މީހުން ވަނީ އެގައުމުގައި މަރުވެފަ އެވެ.

އެހެން އާބާދީ ބޮޑު ގައުމުތަކާ ހިލާފަށް ކޭސްތައް ފެތުރުން ޖަޕާނުން ކޮންޓްރޯލް ކުރެ އެވެ. ނަމަވެސް މިފަހަރު އަދަދުތައް އިތުރުވީ ނަމަވެސް އޮލިމްޕިކް ގޭމްސް ސަސްޕެންޑުކުރުމާ މެދު ވިސްނަން ޖެހޭ ބޭނުމެއް އޮތްކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވަނީ ވިދާޅުވެފަ އެވެ.

އެ ސިޓީގައި މިހާރު ވަނީ ކޮވިޑް-19 އާ ގުޅިގެން ހަތަރުވަނަ ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި އޮލިމްޕިކްސް ބާއްވަމުންދާތީ ގައުމުގެ ބައެއް މީހުން ދަނީ ސަރުކާރާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. ގައުމުގެ ސިއްހަތަށް ވުރެ އޮލިމްޕިކްސްއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން މާ ބޮޑުކަމަށް ވެސް އެގައުމުގެ ރައްޔިތުން ބުނެފައިވެ އެވެ.

އޮލިމްޕިކްސް ކުރިއަށްދާ މިދަނޑިވަޅުގައި ބޭރު ތެރެއަށް ނުނުކުތުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

"ގޭގައި ތިއްބަވައިގެން ޓީވީއިން އޮލިމްޕިކްސް މުބާރާތް ބެއްލެވުން އެދެން" ބޮޑުވަޒީރު ސުގާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355