twitterviber whatsapp telegramfacebookyoutube instagram
19th May 2024

ބޭރުން އަންނަ ޓީޗަރުންނަށް ސުކޫލަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށްފަހު

ނަބީލާ އިސްމާޢީލް
Jul 28, 2021

ރާއްޖެ އަންނަ ބިދޭސީ ޓީޗަރުންނަށް ސްކޫލްތަކަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށް ފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް އަންގައިފި އެވެ.

ކޮވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ ނަމަ، އެ މީހުންނަށް ރާއްޖެ އަށް އައިސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ އުސޫލަށް ބަދަލު ގެނެސްފަ އެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ އިސްވެރިންނަށް ފޮނުވި ސިޓީއެއްގައި ވަނީ ކޮވިޑްގެ ހާލަތު އޮތް ގޮތުން، އެގޮތަށް ރާއްޖެ އަންނަ މީހުން ކަރަންޓީނު ނުވެ، ސްކޫލުތަކަށް ނުކުތުމުގައި ހުރި ކަންބޮޑުވުންތައް ރަށްރަށުގެ ކައުންސިލް އިދާރާތަކުން ކަމާ ބެހޭ އިދާރާތަކާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެޗްޕީއޭއާ އެކު މަޝްވަރާކުރުމަށް ފަހު ނިންމީ، ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، އެ މީހުން އަންނަ ތާރީހުން ފެށިގެން ފަސް ދުވަހަށް ކަރަންޓީނު ކުރަން ކަމަށް ސިޓީގައި ވެ އެވެ.

ބިދޭސީ ޓީޗަރު ކަރަންޓީނުވާން ޖެހޭނީ އެޓީޗަރަކު މަސައްކަތްކުރާ ރަށެއްގައި ކަމަށާއި ފަސް ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނެރުމަށް ވެސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.

މިނިސްޓްރީން ވަނީ ރާއްޖެ އަންނަ ޓީޗަރުންނަށް އެކަން އެންގުމަށާއި ބޭރުން ޓީޗަރުން އައިސް އެގޮތަށް އަމަލުކުރަމުންދޭތޯ މޮނިޓާ ކުރުމަށް ވެސް ސްކޫލުތަކަށް އަންގައިފަ އެވެ.

ރާއްޖެ އިން ބޭރުން އަންނަ މީހުން މިހާރު ހުށަހަޅަން ޖެހެނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355