ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީތެރިކަމާއެކު އއ. ބޮޑުފޮޅުދޫގައި މަސް ކަނޑާ ތަނެއް ތަރައްގީކޮށްފިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ބުނީ މިތަން ފަރުމާކޮށްފައި ވަނީ ދުުވާލުގެ ވަގުތުތަކުގެ އިތުރުން ރޭގަނޑުވެސް މިތަން ބޭނުންކުރެވޭނެ ގޮތަށް ކަމަށެވެ.
މި ޕްރޮޖެކްޓަކީ ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން އިސްނަގައިގެން ހިންގި ޕްރޮޖެކްޓެކެވެ. މިތަނުގައި އެއްފަހަރާ 8 މީހުންނަށް މަސްކަނޑަން ތިބެވޭނެއެވެ. ސާފު ރީތިފެން ލިބޭނެހެން ތަރައްގީ ކޮށްފައިވާ މިތަނުގައި މަސްކަނޑާ ޖާގައިގެ އިތުރުން ތަކެތި ރައްކާ ކުރެވޭނެ ގުދަނެއްވެސް މިސަރަހައްދުގައި ހަދާފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިއީ މަސްވެރިންގެ އިތުރުން ރަށުގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީ ކޮށްފައިވާ ތަނެކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
މި ޕްރޮޖެކްޓް ކާމިޔާބު ކުރި ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ޖަމިއްޔާގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ، ބޮޑުފޮޅުދޫއަކީ މަސްވެރިން ގިނަ ރަށެއްކަމުން މިފަދަ ތަނެއްގެ ބޭނުން ރަށައް ބޮޑުކަމަށެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.