twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކުޅުދުއްފުށިން ބަލި ޖެހުނު މީހުންގެ އަދަދު 44 އަކަށް އަރައިފި

ޚަދީޖާ އާދަމް
Aug 1, 2021

ކުޅުދުއްފުށިން އިތުރު ދެ މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 44 އަރައިފި އެވެ. ކުޅުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ފަހުން ޕޮޒިޓިވްވެފައިވަނީ ރޭންޑަމް ސާމްޕަލަކާއި ކުރިން ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓުވި ފަރާތެއްކަމަށެވެ.

ކުޅުދުއްފުށިން މިމަހު 24 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ރޭގެވެސް ކުޅުދުއްފުށިން ވަނީ 8 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން ދެ ސާމްޕަލްއަކީ ރެންޑަމް ސާމްޕަލެކެވެ. ބާކީ 6 ސާމްޕަލަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކެވެ

ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިވަގުތު ޖުމްލަ 61 ގެއެއް ވަނީ ކަރަންޓީނުކޮށްފަ އެވެ. ކޭސްތަކާއި ގުޅިގެން 204 މީހަކު މި ވަގުތު ކަރަންޓީނުގައި އެބަތިއްބެވެ. ކުޅުދުއްފުށި މޮނިޓަރިންނަށް ލާފައިވާ މި ދަނޑިވަޅުގައި ރަށަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. މިހާރުވެސް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޭސްތަކުގެ އަދަދު މަތިވަމުން ދާއިރު، ހުރިހާ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހޮސްޕިޓަލުގެ އިތުރުން ކައުންސިލުން ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެގޮތުން މާސްކު އެޅުމާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމާއި، ކޮންޓެޓްކް ބަބްލް ކުޑަ ކުރުމަށް މަސައްކަތް ކުރުމަށްވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355