twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިދިޔަ މަހު ރާއްޖެއައި އެއްލައްކަ ޓޫރިސްޓުންނާއެކު ޓޫރިޒަމް އަލުން ކުރިފަޅަނީ

މުޙައްމަދު އަހުމަދު
Aug 2, 2021

ކޮވިޑް ބަލިމަޑުކަމާއެކު ރާއްޖޭގެ ޓޫރިޒަމައަށް އައި ހީނަރުކަމަށްފަހު މިދިޔަ ޖުލައިމަހު އެއްލައްކަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި އެވެ. މިއާއެކު ރާއްޖޭގެ އިގްތިސާދުގެ މައި ނާރު ފަތުރުވެރިކަން މިވަނީ ކުރިފަޅަން ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 101،281 ޓޫރިސްޓުން ޒިޔާރާތްކުރި އެވެ.އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޖުލައި މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ.

ކުރިން މި އަދަދަށް ޓޫރިސްޓުން އައިސްފައިވަނީ މިއަހަރުގެ މާޗުމަހުގެ ތެރޭގަ އެވެ. އެއީ ބޯޑަރުތައް ހުޅުވާލި ފަހުން އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ދެ ވަނަ ފަހަރެވެ.

ރާއްޖޭގެ ޓޫރިޒަމް ކުރިފަޅަން ފެށި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑް ޕޮޒިޓިވްވާ ނަމްބަރުތައް މަދުވެ އެހެން ގައުމުތަކުގެ ދަތުރުކުރަން ރައްކާތެރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމެވެ. އަދި ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރަން އެޅި ބައެއް ކަންކަމަށް ލުއިދިނުމާ އެކު މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ގެސްޓްހައުސްތަކަށް ދެވޭ ގޮތަށް ހުއްދަ ދިނުން ވެސް ޓޫރިޒަމް އަލުން ކުރިފެޅުމުގެ ސަބަބުގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖެއިން ދެކުނު އޭޝިއާ ގައުމުތަކުން ދަތުރުކުރާ ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލާ ވެކްސިން ފުރިހަމަކޮށްފައިވާ ޓޫރިސްޓުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ.

ޖުލައިމަހު އައި އެއްލައްކަ ޓޫރިސްޓުންނާއެކު މިއީ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. މި އޮގަސްޓް މަހަކީ ވެސް ރާއްޖެއަށް ރެކޯޑް މަހަކަށް ވުމަށް ކުރެވޭ އުއްމީދުތައް ވަރަށް ބޮޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355