twitterviber whatsapp telegramfacebookyoutube instagram
1st May 2024

ކުޅުދުއްފުށީގައި އަޅާ އިންޖީނުގެ އަންނަ އަހަރު ފުރަތަމަ ކުއަޓާގައި ނިމޭނެ: ޔާސިރު

ނަބީލާ އިސްމާޢީލް
Aug 2, 2021
1

ކުޅުދުއްފުށީ ސިޓީގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭގެ މަސައްކަތް 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި އެކަށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު ދެއްވާފައިވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި އަލަށް އިމާރާތް ކުރަން މިދިޔަ އަހަރު މާރޗު 18 ވަނަ ދުވަހު ސޮއި ކުރެވުނު އިންޖީނުގޭގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ގުޅޭ ގުޅިގެން މެންބަރު ޔާސިރު އަބުދުއްލަތީފްއާއި، ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދުއާއެކު މިއަދު ވަނީ ބައްދަލު ކުރައްވާފަ އެވެ.

މި މަޝްވަރާއި ގުޅޭގޮތުން މެންބަރު ޔާސިރު ވިދާޅުވީ، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ފެނަކައިން ޔަގީންކަން ދެއްވި ކަމަށެވެ.

މި މަޝްރޫޢު އަވަހަށް ނިންމުމަށް، ފެނަކަ ކޯޕަރޭޝަން އިން މަޝްރޫއުއަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ ތެރޭގައި މަސައްކަތް ފައްޓަވާ ދެއްވާނެ ކަމުގެ ޔަޤީން ކަން ވެސް ދެއްވިކަމަށް ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޔާސިރު ވިދާޅުވީ އެ ސިޓީގެ އިންޖީނުގޭގެ އާ އޮފީސް އިމާރާތް އަވަސް ކުރުމަށް މަޝްވަރާ ކުރައްވާ އިންޖީނުގޭގެ އާ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް އެމްޑީ ސައީދު ވަނީ މި މަޝްވަރާގައި ވިދާޅުވެފައި ކަމަށެވެ.

ކުޅުދުއްފުށީ ސިޓީގައި އަލަށް އަޅާ އިންޖީނުގޭގެ ބިންގާ މިދިޔަ އަހަރުގެ އޮކްޓޯބަރ 14 ވަނަ ދުވަހު އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު އެވެ. މި އިންޖީނުގޭގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުނި އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ އެވެ.

330 ދުވަސްތެރޭހައި މި މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާއިރު މި މަޝްރޫއުއަށް 15،755،760.90 ރުފިޔާ ހަރަދުކުރަން ހަމަޖެހިފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ފެންވަރުގެ އިމާރާތެއް ކަމަށެވެ. އަދި މިއީ މިހާތަނަށް އަތޮޅުތެރޭގައި ފެނަކައިން ގާއިމުކުރާ އެންމެ ބޮޑު އިންޖީނުގެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355