twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިޝްކާގެ މަރުގެ މައްސަލަ ތަހުގީގު ފުރިހަމަކުރަން ހެލްތް މިނިސްޓްރީން ފުލުހުންނަށް މައުލޫމާތު ހިއްސާކޮށްފި

Aug 3, 2021

ކޮވިޑްގައި ހާލު ދެރަވެގެން މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ނިޔާވި ފާތިމަތު މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ފުލުހުންނަށް ބޭނުންވާ މައުލޫމާތުތައް ފުލުހުންގެ އިދާރާއާ ހެލްތު މިނިސްޓްރީން ހިއްސާކޮށްފި އެވެ.

އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ތަހުގީގު ފުރިހަމަކުރުމަށް ފުލުހުން އެދުނު ހުރިހާ މައުލޫމާތެއް ފޮނުވާފައިވާ ކަމަށެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ މެއި މަހުގެ 28 ގައި ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ޖޫން ދެވަނަ ދުވަހުގެ ރެއާއި ހަމައަށް މިޝްކާގެ ހާލު ރަނގަޅެވެ. ނަމަވެސް އެރޭ ކުއްލިއަކަށް މާ ބޮޑަށް ހާލު ދެރަވެ އެމްބިއުލާންސް ފޮނުވައިދޭން އެތައް ފަހަރަކު އެދުމުން ވެސް އެކަން ކޮށްދީފައި ވަނީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންކަން ހެލްތު މިނިސްޓްރީގެ ރިވިއުން އެނގެ އެވެ.

ހެލްތު މިނިސްޓްރީން ހެދި ރިޕޯޓު ނިންމައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވެ އެވެ. އެ ރިޕޯޓުގައި ވެސް ބުނެފައި ވަނީ މިޝްކާއަށް ފަރުވާ ދިނުުމުގައި ހުރިހާ ކަމެއް ލަސްވި ކަމަށެވެ. އޮފިޝަލް ވިދާޅުވީ ރިޕޯޓުން ފާހަގަވި ކަންކަމުގެ 90 ޕަސެންޓް ކަންކަން އިސްލާހު ކޮށްފައިވާ ކަމަށެވެ. އެގޮތުން ސިސްޓަމުގައި ހުރި މައްސަލަތައް ބަލާ ސިސްޓަމްގެ ކަންތައްތަކަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާފައިވާނެކަމަށެވެ.

ގުޅުން ހުރި އިދާރާތަކަށް ރިޕޯޓު ފޮނުވުމުން އެ ތަނަކުން އިތުރަށް އެ ކަންކަން ބަލާނެ އެވެ. އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅާނީ އޭގެ ފަހުންނެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކުރިން ވިދާޅުވީ މިޝްކާ ނިޔާވި ހާދިސާ ހިނގީ ވަރަށް ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެޗްއީއޯސީގައި އެންމެން ވެސް އާދަޔާ ހިލާފު ޕްރެޝަރެއްގައި މަސައްކަތްކުރަން ޖެހިފައި އޮތް ވަގުތެއްގައި ކަމަށް ވާތީ، މުވައްޒަފަކާ މެދު ފިޔަވަޅު އަޅާއިރު އެކަމަށް ވެސް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355