twitterviber whatsapp telegramfacebookyoutube instagram
18th May 2024

ސަރުކާރުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަ ކުރުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ނަބީލާ އިސްމާޢީލް
Aug 3, 2021
1

ސަރުކާރުގެ އިދާރާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރި ވުމަށްޓަކައި ވެކްސިން ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސްގެ މި އިލްތިމާސް އައިސްފައި ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް އެދިފައިވާތީ ކަމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 އިން ރައްކައުތެރި ވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރުން ކަމުގައި ވުމާއެކު، ސަރުކާރުގެ އިދާރާ ތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ކޮވިޑް-19 އިން ރައްކައުތެރިވުމަށް ޖަހަންޖެހޭ ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބުނެފައިވަނީ މިހައިތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށް، އެ ޑޯޒް ފުރިހަމަކުރި ތާރީހަށް ބަލައި، ފުރިހަމަ ކުރަންޖެހޭ އިތުރު ޑޯޒް، އެ ޑޯޒެއް ފުރިހަމަ ކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރުމަށް ރައީސް އެދިވަޑައިގެންފައިވާކަމުގައި ބުނެފައިވެއެވެ.

އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫން ކަމަށް ރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަ ކުރުމަށް މި ދެންނެވުމުގައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355