twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސީވީސީން ލަލީގާގެ ރައިޓްސް ގަންނަން މަސައްކަތްކުރަނީ، ތިން ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް

މުޙައްމަދު އަހުމަދު
Aug 5, 2021

ސީވީސީ ކެޕިޓަލްއިން ލަލީގާގެ ރައިޓްސް ގަންނަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ލީގުގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަނެ އިންވެސްޓްމެންޓެއް ކުރުމުގެ މަސައްކަތް ސީވީސީން ކުރަމުން އަންނަ ކަމަށް ލަލީގާއިން ނެރުނު އިއުލާނެއްގައި ބުނެފި އެވެ.

ކުރިން އިޓާލިއަން ލީގުގެ ހިއްސާއެއް ގަންނަން ވެސް މަސައްކަތް ކޮށްފައިވާ ސީވީސީއަށް މިކަން ހާސިލްކުރެވޭނީ ސްޕެއިނުގެ އެއް ވަނަ އަދި ދެ ވަނަ ޑިވިޝަންގެ 42 ކްލަބްގެ ވޯޓުގެ މެޖޯރިޓީ އާއި ކްލަބްތަކުގެ ތާއީދު ލިބިގެންނެވެ.

މީގެ ކުރިން އިޓާލިއަން ލީގުގެ ހިއްސާ ގަންނަން ސީވީސީން ކުރި މަސައްކަތް ނާކާމިޔާބުވީ ކުޑަ ވަގުތު ކޮޅެއްގެ މާލީ މަންފާ އަށް ބަލައި ހިއްސާއެއް ވިއްކާލުމަކީ ގޯސް ނަތީޖާތަކެއް ފެނިދާނެ ކަމެއް ކަމަށް ބަލައި މަޝްހޫރު ގިނަ ކުލަބުތަކުން ނޫނެކޭ ބުނުމުންނެވެ.

އިޓާލިއަން ލީގުގައި އެގޮތަށް ކަން ހިނގާ ދިޔަ ނަމަވެސް އެހެން ލަލީގާގައި ނުވެދިއުމަކީ އެކަށީގެންވާ ކަމެކެވެ. މާލީ ގޮތުން ބޮޑު އަޑިގަނޑަކަށް ލަލީގާގެ އެންމެ ގަދަ ދެ ބާރު ކަމަށްވާ ބާސާ އާއި ރެއާލް ވެއްޓިފައިވާއިރު މި އެއްބަސްވުން ފާސްވެއްޖެނަމަ ލަލީގާ އަށް ދޭ ފުރަތަމަ ޕޭމަންޓްގައި ހިމެނޭ ބޮޑު ޕަސެންޓަކީ ކްލަބްތަކަށް ބަހަން ޖެހޭ ފައިސާ އެވެ. އެހެންކަމުން ރެއާލާއި ބާސާގެ މާލީ ގޮންޖެހުންތަކަށް ވެސް މިކަމުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. އެންމެ ބޮޑު އަދަދެއް މިކަމުން ލިބޭނީ ވެސް މިދެކުލަބަށެވެ. އެއީ ކުލަބުތަކުގެ ސައިޒަށް ބަލާފަ އެވެ.

ޔޫރަޕުގެ ލަގްޒެމްބާގްގައި ސީވީސީގެ މައި އިދާރާ ހުންނައިރު މިކުންފުނީގެ މިލްކިއްޔާތުގައި 111 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ބާސާއިން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ވަނީ ރަނގަޅު ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެގޮތުން މެންޗެސްޓަރ ސިޓީއަށް ކުޅުނު ސާޖިއޯ އަގުއެރޯ ފާހަގަކޮށްލެވެ އެވެ. މިފަހަރުގެ ލަލީގާ ވެސް ވެގެންދާނީ ފޯރިގަދަ ސަޕޯޓަރުން ބަލާ ހިތްވާ ލީގަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355