twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ އެއާޕޯޓަށް މި ސަރުކާރުން އަޅާނުލާ 3 އަހަރުވުން ބަލައެއް ނުގަނެވޭ: ޔާސިރު

ނަބީލާ އިސްމާޢީލް
Aug 6, 2021
9

ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓަށް މި ސަރުކާރުން އަޅައިނުލާ ތިން އަހަރު ވުން ބަލައި ނުގަނެވޭކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކޮށް މެމްބަރު ޔާސިރު ކުރެއްވި ޓުވިޓްގައި ވިދާޅުވީ ރައީސް ޔާމިނުގެ ނުފުއްދާ އޮތް ވައުދު، ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާޕޯޓަކަށް މި ސަރުކާރުން 10 މަސް ތެރޭގައި ބަދަލުކުރި ކަމަށެވެ. އެހެންނަމަވެސް އިތުރަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި 3 އަހަރު ވާން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ޔާސިރުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުން އަބަދުވެސް ވޯޓް ދޭނީ ތަރައްގީއަށް ކަމަށެވެ.

ހަމައެކަނި ރަންވޭ އަޅައި ނިމުނުތަނުން ރައީސް ޔާމީން ހުޅުވައިދެއްވި މި އެއާޕޯޓުގައި ހުރީ ފަޔަރ ލޮރީ ބާއްވާނެ ތަނަކާއި ޓާމިނަލެކެވެ. ޓާމިނަލުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާލާފައެއް ނުވެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓްގ މަސައްކަތް އެއްކޮށް ނިންމާނުލެވެނީސް އެއާޕޯޓް ހުޅުވައިދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް އޭރުގެ ރައީސް އަބުދުﷲ ޔާމީނެވެ. ޓެސްޓް ފްލައިޓްގެ އިތުރުން ރައީސް ޔާމީން އެއާޕޯޓް ހުޅުވަން ވަޑައިގެންނެވި ފުލައިޓާއި ރިޔާސީ އިންތިހާބަށް ވޯޓުލުމަށް މާލެގަ އުޅޭ ކުޅުދުއްފުށީ މީހުން ދެ ފްލައިޓްގައި އެ އެއާޕޯޓަށް ގެނެސްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355