ހދ ނެއްލައިދޫ ބަނދަރުގެ 83 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފި އެވެ.
މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނެ އެވެ.
Work on Design and Build of Hdh. Nellaidhoo Harbour is well underway, with overall 83% project progress. The construction of quay wall and installation of harbor pavement are currently ongoing, with 97% and 96% completion respectively.#MTCCProjects pic.twitter.com/KsYnGP1L2p
— MTCC Plc (@MTCCPlc) August 8, 2021
އަދި 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2،102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.
މިހާތަނަށް އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 97 ޕަސެންޓާއި، ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 96 ޕަސެންޓް ވަނީ ނިމިފަ އެވެ. މިއީ 50.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.