ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެކި ރަށްރަށުގައި ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ފުނަރު)ގެ ފުރަތަމަ އިމްތިހާން ށ. މިލަންދޫގައި ބާއްވައިފިއެވެ.
ފެނަކައިން ބުނީ އެ ޕްރޮގްރާމް ޖުމްލަ 7 ރަށެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ކޮވިޑުގެ ހާލަތާ ގުޅިގެން، ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުމުން، ބައެއް ރަށްރަށުގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނުކަމަށާއި އެހެން ކަމުން އަދި އެހެން ރަށްރަށުގައި އެ ޕްރޮގްރާމްގެ އިމްތިހާނު ކުރިއަށް ނުގެންދެވޭ ކަމަށެވެ.
On-going practical exams for Funaru Program in Engine Repair and Maintenance (Sh.Milandhoo Batch)#fenakainstitute #TeamFenaka https://t.co/gypXJzRg39 pic.twitter.com/PezbFSRvrW
— Fenaka Institute (@FenakaInstitute) August 8, 2021
އެ ޕްރޮގްރާމްގެ ދަށުން، އިންޖީނު މަރާމާތު ކުރުމާއި، މެއިންޓެނެންސްގެ މަސައްކަތް ތަކާއި، މެކޭނިކަލް މަސައްކަތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ދައްކޮށްދޭނެއެވެ.
އޭގެ އިތުރުން، އެ މަސައްކަތްތައް ކުރާއިރު ސަލާމަތީގޮތުން ސަމާލުވާން ޖެހޭ ކަންތައްތަކާއި، އެކިއެކި ޓޫލްސްތައް ބޭނުން ކުރާނެ ގޮތްވެސް ދަސްކޮށްދޭނެ ކަމަށް ފެނަކައިން ބުންޏެވެ.