twitterviber whatsapp telegramfacebookyoutube instagram
29th March 2024

އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Aug 8, 2021

އުރީދޫ އަތޮޅު ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

އުރީދޫއިން ބުނީ ސްކޫލް ބަންދައި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވާތީ 14 އޯގަސްޓްގެ ނިޔަލަށް މިހަރުވަނީ އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފައި ކަމަށެވެ.

ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބޭނެކަމަށް އެކުންފުނިން ބުންޏެވެ.

ވާޗުއަލްކޮށް ބާއްވަން ހަމަޖެހިފައިވާ މި ދުވުން ކުރިން ބާއްވަން ހަމަޖެހިފައި އޮތީ މިމަހުގެ 1 ކުން 7 ގެ ނިޔަލަށެވެ.

ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރގައި ޝެއަރ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތުވެސްވަނީ ހަމަ އެމުއްދަތުގެ ނިޔަލަށް އިތުރުކޮށްފައެވެ. ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް #OoredooAtholhuDhuvun ހޭޝްޓެގް ބެނުންކުރަންވާނެ ކަމަށެވެ.

މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްދޭނެ ކަމަށެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355