twitterviber whatsapp telegramfacebookyoutube instagram
15th September 2026

63 އަހަރުގައި އެކްޓަރު އަނުޕަމް ޝިޔާމް މަރުވެއްޖެ

ޚަދީޖާ އާދަމް
Aug 9, 2021

ސްޓާޕްލަސް އިން 2009 ވަނަ އަހަރު ގެނެސްދިން "މަންކީ އާވާޒް ޕްރަތިގްޔާ" އިން ބެލުންތެރިންގެ މަޝްހޫރުކަން ހޯދި އެކްޓަރު އަނުޕަމް ޝިޔާމް 63 އަހަރުގައި މަރުވެއްޖެ އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައިވެސް މަސައްކަތް ކޮށްފައިވާ އަނުޕަމް އައީ މިއަހަރު ފެށި ޕްރަތިގްޔާ 2 ގެ މަސައްކަތްވެސް ކުރަމުންނެވެ. އަނުޕަމް މަރުވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ 4 ދުވަސްފަހުންނެވެ.

އަނުޕަމް މަސަކަތްކޮށްފައިވާ ފާހަގަކޮށްލެވޭ ބޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި އާމިރް ޚާންގެ ލަގާން، ގޯލްމާލް: ފަން އަންލިމިޓެޑް، ރާޒް: ދަ މިސްޓްރީ ކޮންޓިނިއު، ޝަކްތީ: ދަ ޕަވަރ ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293