twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ސައުދާގަރުގެ ސެޓުގައި ދިލިޕްއާއި ރާޖް އުޅުނީ ކުޑަކުދިންހެން: ވިވެކް

ޚަދީޖާ އާދަމް
Aug 10, 2021

1950 ގެ އަހަރުތަކުގެ ކުރީކޮޅު ބޮލީވުޑަށް ތައާރަފްވެ ނުވަދިހަގެ އަހަރުތަކާއި ހަމައަށް އިންޑަސްޓްރީގައި ރަސްކަންކުރި ދިލިޕް ކުމާރާއި ރާޖް ކުމާރަކީ އެފަދަ ދެވަނައެއް ނެތް ދެ ތަރިންނެވެ.

ދާދިފަހުން މި ދެތަރިންގެ ހަނދާން އާކުރަމުން އެކްޓަރު ވިވެކް މުޝްރަން ބުނީ އެމީހުން އެކުގައި ކުޅުނު ސައުދާގަރު ފިލްމުގެ ސެޓުގައި ދިިލިޕްއާއި ރާޖް އުޅުނީ ކުޑަކުދިންހެންކަމަށެވެ.

އެ ފިލްމަކީ 1991 ވަނަ އަހަރު އޮގަސްޓް 9 ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ. އެ ފިލްމަށް 30 އަހަރުވިކަން ފާހަގަކުރަމުން ވިވެކް ބުނީ ދެމީހުން ދެމީހުންނާއި މަޖަލަށް ރުޅި ހަދައިގެން އުޅުންކަމަށެވެ. ސެޓަށް އައިސް އެކަކު ސަލަމް ގޮވާލުމުން އަނެއް މީހާ އަޑުނީވެ ކަމަށް ހަދައިގެން ތިބޭކަމަށް އޭނަ ބުންޏެވެ.

ސައުދާގަރަކީ ދިލިޕާއި ރާޖްގެ އެކުގައި މަސައްކަތް ކުރި ދެވަނަ ފިލްމެވެ. އެމީހުންގެ ފުރަތަމަ ފިލްމަކީ 1959 ގައި ނެރުނު ޕައިގާމް އެވެ.

ވިވެކް ވަނީ އެ ފިލްމު ސެޓުގެ ގިނަ ހަނދާންތަކެއް އާކޮށްފައެވެ. އުމުރުން 99 އަހަރުގައި ދިލިޕް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭ ދުނިޔެ ދޫކޮށްފައެވެ. ހާޓް އެޓޭކެއް ޖެހި ރާޖް ކުމާރު މަރުވީ 1996 ވަނަ އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293