twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކޭއާރުއެޗްގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފަށަނީ

ނަބީލާ އިސްމާޢީލް
Aug 10, 2021
1

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ކަކުލު ހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ކޭއާރުއެޗުގައި މި ހިދުމަތްދޭން މިއަދު ފަށާފައިވާއިރު އެ ހޮސްޕިޓަލުން ބުނީ މި އޮޕަރޭޝަންތައް ކުރަން ހަމަޖެހިފައިވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ، ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަ އަދި އެ ހޮސްޕިޓަލްގެ މެޑިކަލް ޑިޕާރޓްމަންޓްގައި އިސްކޮށް ހުންނަވާ ޑރ. އާޒިމް އަބްދުއްޝަކޫރު ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނީ މި ހިދުމަތަކީ ކޭއާރުއެޗް ގެ ކްލިނިކަލް ސާރވިސަސް ޑިޕާރޓްމެންޓުން އިސްނަގައިގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ އޮތޮޕޭޑިޝަން އާޒިމްގެ އެހީތެރިކަމާއިއެކު ކުރިޔަށް ގެންދެވޭ ހިދުމަތެއް ކަމުގައެވެ.

ކޭއާރުއެޗުން މިއަދު ބުނީ ކޮންމެ ހަފްތާއަކު މީގެ 4 އޮޕަރޭޝަން ކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ކުރީބައިގައި ވެއިޓްލިސްޓް ކުރެވިގެން ނަން ނޯޓްކޮށްފައިތިބި ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. އަދި ޑރ. އާޒިމް މިމަހުގެ ނިޔަލަށް އެ ހޮސްޕިޓަލުގެ އޯޕީޑީގައިވެސް ބަލި މީހުން ބައްލަވަން ހަމަޖެހިފައިވާކަމަށެވެ.

ޑރ. އާޒިމް ކޭއާރުއެޗުގައި ބަލި މީހުން ބައްލަވާ މުއްދަތުގައި ފާހަގަވާ އެހެނިހެން އޮޕްރޭޝަންތައްވެސް ކޭއާރުއެޗުން ލިބެންހުރި ވަސީލަތްތަކާއެކު ކުރެވެން ހުރި އޮޕަރޭޝަންތައްވެސް ކުރާނެ ކަމަށްވަނީ ވިދާޅުވެފަ އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، މިފަދަ ހިދުމަތެއް 2019 ވަނަ އަހަރުވެސް ކުރިޔަށް ގެންދެވިފައިވާނެ ކަމަށް ވިދާޅުވަމުން، ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީ ދަށްވުމުގެ ސަބަބުން މިފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދިނުމަށް ދަތިތަކެއް ހުރިކަމަށް ފާހަގަ ކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355