twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތާރާގެ ރޯލަކީ ޑިމްޕަލްއަށް ހާއްސަކޮށް ލިއުނު ރޯލެއް: ފަރްހާން

ޚަދީޖާ އާދަމް
Aug 11, 2021

ކާމިޔާބު ފިލްމު ދިލް ޗާތާ ހޭ އަށް 20 އަހަރު ފުރުމާއި ގުޅިގެން ފިލްމު ޑައިރެކްޓަރ ފަރްހާން އަހްތަރު ފިލްމުގެ ތަރިންނަށް ޝުކުރު އަދާކޮށްފި އެވެ.

އެ މިލްމުގެ ބައެއް މަންޒަރުތަކުގެ ފޮޓޯ ޓްވިޓާގައި ހިއްސާކޮށް ހުރިހާ ތަރިންނަށް ފަރްހާން ވަނީ ވަކިވަކިން ޝުކުރު އަދާކޮށްފައެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން އަތުލައިގަތީ އެ ފިލްމުހެ ތާރާގެ ރޯލު އަދާކޮށްފައިވާ މަޝްހޫރު ތަރި ޑިމްޕަލް ކަޕާޑިޔާގެ ފޮޓޯއާއި އެކު ފަރްހާން ބުނެފައިވާ ވާހަކަ ކޮޅުގައެވެ.

ދިލް ޗާތާ ހޭ އަކީ ފަރްހާންގެ އަލަތު ޑައިރެކްޝަނެވެ. އަދި އެއީ އޭނާގެ ވާހަކައެއްވެސް މެއެވެ. އެހެންކަމުން އިންޑަސްޓްރީގެ އޭ ލިސްޓުގެ ތަރިން އޭނާގެ ފިލްމަށް އެއްބަސް ވުން ވެގެން ދިޔައީ ނަފްސަށް އޮތް އިތުބާރު އާވެގެން ދިޔަ ކަމެއްކަމަށް ފަރްހާން ބުންޏެވެ.

ހާއްސަކޮށް ޑިމްޕަލް ތާރާގެ ރޯލަށް އެއްބަސް ނުވިނަމަ އޭނާ ފިލްމައިގެން ކުރިއަށް ދިއުމުގެ ބަދަލުގައި ފިލްމު ކެންސަލްކޮށްލެވުނީސް ކަމަށް ބުނެފައި ވެއެވެ. ސަބަބަކީ ތާރާގެ ކެރެކްޓާއަކީ ޑިމްޕަލް އަށް ލިއުނު ކެރެކްޓާއަކަށް ވާތީ އެވެ.

އެ ފިލްމަށް ފުރަތަމަ ސޮއި ކުރީ ޕްރިތީ ޒިންތާއެވެ. ފަރްހާން ބުނީ ޕްރިތީ ފިލްމަށް އާބަސް ބުނި އިރު ވާހަކައެއްކޮށް ޑްރާފްޓްކޮށްވެސް ނުނިމޭކަމަށެވެ. މީގެ އިތުރުން ސައިފް އަލީ ޚާން އާއި އާމިރު ޙާން އަދި އަކްޝޭ ކަންނާއަށް ވެސް ހާއްސަ ޝުކުރެއް ފަރްހާން ވަނީ އަދާކޮށްފައެވެ.

ފަރްހާން ވަނީ އޭނާގެ 2 ވަނަ ޑައިރެކްޝަން ޖީ ލޭ ޒަރާވެސް އިއުލާންކޮށްފައެވެ. މިއީ ވެސް 3 އެކުވެރިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެގޮތުން ފިލްމުގައި ފެނިގެން ދަނީ އާލިޔާ ބަޓް، ޕްރިންޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފް އެވެ. މިއީ މި 3 ތަރިން އެކުގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ. އަދި ފިލްމުގެ ކާސްޓުންގެ ސަބަބުން ފިލްމަށް ބޮޑު ސަޕޯޓެއް ލިބިގެން ދާނެ ކަމަށް ބެލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355