twitterviber whatsapp telegramfacebookyoutube instagram
15th April 2026

ތާލިބުން އަފްޣާނިސްތާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލަން އދ އިން ގޮވާލައިފި

ނަބީލާ އިސްމާޢީލް
Aug 14, 2021
2

އަފްއާނިސްތާނުގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާކަމަށާއި އެ ގައުމުގެ އެކި ސަރަހައްދުތަކަށް ތާލިބާން ޖަމާއަތުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެހޭޝް ގޮވާލައިފިއެވެ.

ނިޔު ޔޯކުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޯނިޔޯ ގުތެހޭޝް ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށްފަހު މަޝްވަރާކުރުމުގެ ވަގުތު ޖެހިއްޖެކަމަށެވެ. އަދި ދިގުދެމިގެންދާނެ ހަނގުރާމައެއްގެ ތެރެއަށް އަފްއާނިސްތާން ވެއްޓިއްޖެނަމަ އެ ގައުމު ދުނިޔެއިން އެކަހެރިވެދާނެކަމަށް ގުތެޚޭޝް ވިދާޅުވިއެވެ.

ތާލިބާނުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އަންހެނުންނަށާއި ނޫސްވެރިންނަށް ކުރިމަތިވަމުންދާ އުނދަގޫތަކުގެ މައުލޫމާތުތައް ލިބިވަޑައިގެންފައިވާކަމަށާއި އަފްޣާނިސްތާނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ދެ ފަރާތުންވެސް އިސްކަމެއް ދޭންޖެހޭކަމަށެވެ.

މިއަހަރު ފެށުނުފަހުން އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެތައް ހާސް މީހުންނެއް މަރުވުމުގެ އިތުރުން 400،000 މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ. އދން ބުނެފައިވަނީ އަފްޣާނިސްތާނުގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުންދިޔަ އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯގެ ފައުޖުތައް 20 އަހަރުދުވަހަށްފަހު އެ ގައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ޠާލިބާނުން ދެމުންދާ ޙަމަލާތައްވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355