twitterviber whatsapp telegramfacebookyoutube instagram
28th June 2025
ތުރުކީގައި ރޯވެފައިވާ އަލިފާން ގަނޑު--ފޮޓޯ:އަލްޖަޒީރާ

ތުރުކީގެ އަލިފާންގަނޑު ނިއްވާލުމަށް އުޅުނު ޕްލޭން ވެއްޓި 8 މީހުން މަރުވެއްޖެ

Aug 14, 2021

ތުރުކީގެ އެކި ސަރަހައްދުތަކުގައި ރޯވަމުންދާ އަލިފާންގަނޑު ނިވާލަން އުޅުނު ރަޝިއާގެ ޕްލޭނެއް ވެއްޓި އެއިން ދަތުރުކުރި 8 މީހުން މަރުވެއްޖެއެވެ.

ތުރުކީގެ އެކި ހިސާބުތަކުގައި ރޯވަމުންދާ އަލިފާންގަނޑުތައް ނިއްވާލުމަށްޓަކައި ރަޝިއާއިން ވަނީ އަލިފާން ނިއްވުމަށް ބޭނުންވާ ގިނަ އަދަދެއްގެ ވަސީލަތްތައް އެ ގައުމަށް ފޮނުވާފައެވެ. އެގޮތުން އަލިފާން ނިއްވާ ހެލިކޮޕްޓަރާއި އެ ޤައުމުގެ މަތިންދާބޯޓުތަކާއި ފަޔަރ ފައިޓަރުން ވަނީ ގިނަ އަދަދަކަށް ފޮނުވާފައެވެ.

އަލިފާން ނިވަން ހަރަކާތްތެރިވި ޕްލޭން--ފޮޓޯ:އަލްޖަޒީރާ


ރަޝިއާގެ ޑިފެންސް މިނިސްޓްރީއާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު މޮސްކޯ ގަޑިން 3:10 ވެއްޓުނު ރަޝިއާގެ މަތިންދާބޯޓުގައިވެސް އެ ގައުމުގެ 5 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން، އެ ފްލައިޓުގައި ދަތުރުކުރި ތުރުކީގެ 3 މީހަކުވެސް ވަނީ މަރުވެފައެވެ.

ފްލައިޓު ވެއްޓުނުއިރު ގެންދިޔައީ ތުރުކީގެ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވާލުމުގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ތުރުކީގެ އެކި ހިސާބުތަކުގައި އަލިފާންގަނޑުތައް ރޯވަމުންދާއިރު، މި އަލިފާން ގަނޑު ރޯވެފައިވަނީ މިދިޔަ މަހު ފަހުކޮޅު އެވެ. ފާއިތުވި 16 ދުވަސް ތެރޭގައި އެފަދަ 299 އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com