twitterviber whatsapp telegramfacebookyoutube instagram
26th July 2026

އެކްޓިންނާ ދުރަށް ދިޔަ ސަބަބު ފުރަތަމަ ފަހަރަށް ކެމަރެން ކިޔާދީފި

ޚަދީޖާ އާދަމް
Aug 15, 2021

ހޮލީވުޑްގެ ކާމިޔާބު ފިލްމުތަކަކުން ފެނުނު މިހާރު އެ ދާއިރާއާއި ދުރަށް ގޮސްފައިވާ ކެމަރެން ޑިއާޒް ފުރަތަމަ ފަހަރަށް ފިލްމު ކުޅުން ހުއްޓާލި ސަބަބު ކިޔާދީފި އެވެ.

އެކްޓާރ-ކޮމޭޑިއަން ކެވިން ހާޓްގެ ޓޯކް ޝޯ ހާޓް ޓު ހާރޓްގައި މިދިޔަ ބުރާސްފަތި ދުވަހު ބައިވެރިވެ ވާހަކަ ދައްކަމުން ކެމަރެން ބުނީ އޭނާ އެކްޓިންއާ ދުރަށް ދާން ޖެހުނީ ދިރިއުޅުން ހަމައަކަށް އެޅުވުމަށްޓަކައި ކަމަށެވެ.

ފިލްމު ކުޅުނު ދުވަސްވަރު އޭނާގެ ޝެޑިއުލް އެއްކޮށްހެން އޮންނަނީ އެކަމަށް ހުސްވެފައިކަމަށް ކެމަރެން ބުންޏެވެ. އެގޮތުން އެ ދުވަސްކޮޅު އޭނާއަށް އިހްސާސްވީ އޭނާއަކީ މެޝިނެއްގެ ގޮތުގައި ކަމަށާއި ސަބަބަކީ އަބަދު އެއްކަމެއް އެއްގޮތަކަށް ދިގު މުއްދަތަކަށް ކުރަން ޖެހުންކަމަށެވެ.

ފިލްމު ކުޅުން ހުއްޓާލާ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ކުރަން ވަގުތު ހުސްވުމަކީ ވަރަށް އުފާވާކަމެއް ކަމަށާއި ދިރިއުޅުން މިހާރު މާ ހަމަޖެހޭކަމުގެ އިހްސާސްކުރެވޭކަމަށް ކެމަރަން ބުންޏެވެ.

2015 ވަނަ އަހަރު ކައިވެންޏެއްކޮށް މިދިޔަ އަހަރު ދަރިއަކުވެސް ލިބިފައިވާ ކެމަރެން އެންމެ ފަހުން ފެނިގެން ދިޔައީ 2014 ވަނަ އަހަރު ނެރުނު "އެނީ" އިންނެވެ. އެ އަހަރު އޭނާގެ އިތުރު ދެ ފިލްމެއްވެސް ރިލީޒްކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355