twitterviber whatsapp telegramfacebookyoutube instagram
11th December 2025

މޫލީން 1500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ޚަދީޖާ އާދަމް
Aug 16, 2021

އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީއިން 1500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރުމުން 3،000 ރުފިޔާގެ އިނާމު ލިބޭ ލަކީޑްރޯއެއް ފަށައިފިއެވެ.

އެގޮތުން 1،500 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރުމުން އޮޓޮމެޓިކްކޮށް ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށާއި އަދި މި މަސް ނިމުމުން ލަކީޑްރޯއިން މީހަކު ހޮވާ، އެ ފަރާތަކަށް އެކަން އަންގާނެކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫއިން ބުނި ގޮތުގައި އެ ލަކީޑްރޯ ބާއްވާން ނިންމީ މި މަހުގެ ދޭއްގައި މޫލީއަށް ދެ އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނެވެ. އެ ލަކީޑްރޯއިން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ފިޓް 2 އަކާއި ސެމްސަންގް ގެލެކްސީ ބަޑްސް އާއި މޫލީގެ ލޯގޯ ޖަހާފައިވާ ޖޯޑެއް ލިބޭނެއެވެ.

މޫލީ އެޕް ޑައުންލޯޑުކޮށްގެން ވިޔަފާރި ކުރުމުން އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ.

ސެމްސަންގުން އެންމެ ފަހުން ނެރުނު ޒީ ފްލިޕް އާއި އެހެން ޑިވައިސްތައްވެސް އެ އެޕް މެދުވެރިކޮށް، ޑިސްކައުންޓުތަކާ އެކު ލިބެން ހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355