twitterviber whatsapp telegramfacebookyoutube instagram
18th August 2025

ކޭއާރުއެޗްގެ ފުލޫ އޯޕީޑީއަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Aug 16, 2021

އަލާމާތްތައް ހުރެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ން ބުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދެއްކި މީހަކު މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ހޮސްޕިޓަލުން އިތުރަށް ބުނީ މި ކޭސްއާ ގުޅިގެން މޮނިޓަރިންއަށް ލުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.

ހުމާއި ރޯގާގެ އަލާމާތްތައް ހުރި އެންމެހާ ބޭފުޅުން ލަސް ނުކުރައްވާ ސާމްޕަލް ނެގުމަކީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެޅިގެން ދާނެ ފިޔަވަޅެއް ކަމަށާއި ފުލޫ އޯޕީޑީއަށް ގޮސް ނުވަތަ 7606688 އަށް ގުޅާ ނުވަތަ އެސްއެމްއެސް ކޮށްގެން ސާމްޕަލް ނެގުމުމަށްވެސް ވަނީއެދިފަ އެވެ.

މިދިއަ ޖުލައި މަހުގެ 23 ވަނަ ދުވަހު ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ އަންހެން ކުއްޖަކު ކޮވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން މިދިއަ ޖުލައި މަހުގެ 24 ވަނަ ދުވަހު އެ ސިޓީ މޮނިޓަރިން ލުމަށްފަހު އާންމު ހާލަތަށް ގެނެސްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެ ކޭސްތަކާއި ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 72 އަށް އެރިއެވެ.

މަކުނުދޫ އިން އިއްޔެ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށްވެސްވަނީ މިއަދު މޮނިޓަރިންއަށް ލާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355