twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ނެއްލައިދޫ ސްކޫލު ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނަބީލާ އިސްމާޢީލް
Aug 16, 2021

ހދ. ނެއްލައިދޫ ގްރޭޑް 9 ގައި ކިޔަވަމުންދާ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ނެއްލައިދޫ ކައުންސިލުން ބުނީ ގްރޭޑް 9 ގައި ކިޔަމުންދާ އެ ދަރިވަރު ޕޮޒިޓިވްވެފައިވާކަން އެގިފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ އެ ރަށު ސިއްހީމަރިކަޒަށް ދެކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެނެވެ.

ކައުންސިލުން އިތުރަށް ބުނީ އެކުއްޖާ މިއަހަރު ސްކޫލު ހުޅުވުނު ފަހުން ސްކޫލަށް ގޮސްފައިވަނީ އަދި އެންމެ ދުވަހަކު ކަމަށާއި މިސްކިތަށާއި ބޭރުގައި އުޅޭއިރު އެ ކުއްޖާ އުޅެނީ ސާޖިކަލް މާސްކް އަޅައިގެން ކަމަށެވެ.

އެރަށް މޮނިޓަރިންގއަށްލީކަން ކައުންސިލަށް އަދި ނާންގާކަމުގައިވެސް ކައުސިލުން ބުންޏެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައުންސިލުންވަނީ ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި ނޫޅުމަށް ރަށުގެ ރައްޔިތުންނަށް އަންގާފަ އެވެ.

ރައްކާތެރިކަމަށް އިސްކަންދީ، މާސްކު އެޅުމަށް އެ ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއްވާނަމަ ލަސްނުކޮށް 7801618 ނުވަތަ 7714317 ނަންބަރާއި ގުޅުއްވާ ރިޕޯޓް ކުރުމަށާއި މިކަމާއި ގުޅިގެން ކޮންޓްރެކްޓް ޓްރޭސް ކުރުމާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާކަމަށް ކައުސިލުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293