twitterviber whatsapp telegramfacebookyoutube instagram
3rd September 2025

އަފްގާންގެ ހާލަތާއެކު ހެމާ އާ ކުރީ އެގައުމަށް ކުރި ދަތުރުގެ ހަނދާން

ޚަދީޖާ އާދަމް
Aug 17, 2021

އަފްގާނިސްތާނުގެ ޕޮރިވިންސްތައް ތާލިބުންގެ ބާރުގެ ދަށަށް ގެންނަމުންދާ މި ދަނޑިވަޅުގައި އެ ގައުމުގައި އޮތީ ބޮޑު ހައިޖާނުގަނޑެއް އުފެދިފައެވެ.

އެ ގައުމަށް ދިމާވެފައިވާ ކަންކަމަށް އިޝާރަތްކޮށް ބޮލީވުޑްގެ ޑްރީމް ގާލް ހެމާ މާލިނީ ބުނީ އޭނާ އެގައުމަށް ދިޔައިރު އެއީ ވަރަށް އަމާން ގައުމެއްކަމަށެވެ. އެގައުމަށް ދިމާވެފައިވާ ހާލަތާމެދު ކަންބޮޑުވުން ފާޅުކޮށް ހެމާ ބުނީ އަމިއްލަ ގައުމު ދޫކޮށް އެންމެން ދާންޖެހުމަކީ ހިތާމަވެރި ކަމެއްކަމަށެވެ.

ހެމާ އެގައުމަށް ދިޔައީ 1975 ވަނަ އަހަރު ފިލްމު ދަރްމަތްމާގެ ސޫޓިންނަށެވެ. އޭނާއާ އެކު އެ ދަތުރުގައި ފީރޯޒް ޙާން، ރޭކާ އަދި ފަރީދާ ޖަލާލްވެސް ވަނީ ބައިވެރިވެފަ އެވެ. އެ ފިލްމުގައި ހިމެނޭ ވަރަށް މަޝްހޫރުވި ލަވައެއް ކަމަށްވާ "ކިޔާ ޙޫބް ލަގްތީހޯ" އެ ލަވަ ޝޫޓްކޮށްފައިވަނީ އަފްގާނިސްތާނުގައެވެ.

އެ ދަތުރުގެ ބައެއް ކަންކަން ހަނދާން އާކުރަމުން ހެމާބުނީ އޭނާ ކާބުލްއަށްވެސް ޒިޔާރަތް ކުރިކަމަށާއި ޝޫޓިން ނިންމާފައި އައި މަގުމަތީ ތާލިބާނުން ހެން ހީވާފަދަ ބަޔަކާވެސް ދިމާވި ކަމަށެވެ. އެ ދުވަސްވަރަކީ ރަޝިޔާގެ ސިފައިންވެސް އެ ގައުމުގައި ހަރަކާތްތެރިވަމުން ދިޔަ ދުވަސްވަރެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355