twitterviber whatsapp telegramfacebookyoutube instagram
26th April 2024

ދުނިޔޭން ބޭރުގެ އަންތަރީސްވާހާ ރީތި ފޮޓޯތަކެއް، ދުނިޔެ ފެންނަނީ މުޅިން އެހެން ނަޒަރަކުން

މުޙައްމަދު އަހުމަދު
Aug 18, 2021

ނާސާ އާއި ޔޫއެސްގެ ޖިއޮލޮޖިކަލް ސާވޭ ޓީމުން ގުޅިގެން ކުރިއަށްގެންދާ ލޭންޑްސްޓެޓް ޕުރޮޖެކްޓަކީ އެންމެ ދިގު އަދި ހުއްޓުމެއްނެތް ދުނިޔޭގެ އިލްމީ ގޮތުންނާއި ހުރިހާ ގޮތަކުން އަގުހުރި ފޮޓޯތަކެއް ނަގާ ޕުރޮޖެކްޓެކެވެ. މިއީ ދުނިޔޭގެ ސާރފޭސް ނުވަތަ ދުނިޔޭގެ ބޭރުން ނަގާ ފޮޓޯތަކެކެވެ.

މިއީ ދުނިޔޭގެ ތާރީހުގައިވެސް މީގެ ހަމައެކަނި ޕުރޮޖެކްޓެވެ. 1972 ވަނަ އަހަރުން ފެށިގެން މިހާތަނަށް ލޭންޑްސްޓެޓްގެ 8 ސެޓަލައިޓެއް ވަނީ ޖައްވުގެ ތެރެއަށް ދޫކޮށްލާފަ އެވެ. އަދި ނުވަވަނަ ސެޓަލައިޓް މިއަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޖައްވަށް ފޮނުވާލާނެ އެވެ. މިވީ އަހަރުތަކުގެ ތެރޭގައި ދުނިޔޭން ބޭރުން މިޕުރޮޖެކްޓްގެ ދަށުން ވަނީ 9 މިލިއަން ފޮޓޯ ނެގިފަ އެވެ.

ނާސާގެ އާތް އޮބްޒަވޭޓަރީއިން ބުނާގޮތުގައި އެފޮޓޯތައް ވަނީ 18000 އަށްވުރެ ގިނަ ސައިންޓިފިކް އެކި ލިޔުންތަކުގައި ބޭނުންކޮށްފަ އެވެ. ތިރީގައި މިވަނީ އެފޮޓޯތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 3 ފޮޓޯއެކެވެ.

1. ވައިގެ ސަބަބުން ފެންގަނޑުތަކުގެ އުފެދުން ނުވަތަ ގުރޯތައް އަންނަ ބަދަލުތައް

މިފޮޓޯއަކީ ލުސިއާނާގެ އަޗާފަލާޔާ ޑެލްޓާގެ މަންޒަރެކެވެ. މިއީ ލޭންޑްސްޓެޓްގެ ސެޓަލައިޓް 8 ކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު 1 ގައި ނަގާފައިވާ ފޮޓޯއެކެވެ.

މިއީ ފޯލްސް ކަލާ އިމޭޖެކެވެ. އެއީ ފެނާއި އެއްގަމުގެ ހިސާބުތައް ވަކިކުރުމުގެ ގޮތުން ކުލަ އެނގޭނެހެން ސާފުވާނެ ގޮތަކަށް ބަދަލު ގެނެވިފައިވާ ފޮޓޯ އެވެ. އަދި މިހެން ހަދާފައި އެވަނީ ވޯޓަރ ބޯން ސެޑިމެންޓްތައް ދިރާސާކުރަން ފަސޭހައަކަށެވެ. ވޯޓަރ ބޯން ސެޑިމެންޓަކީ ކަނޑުގައި އުފެދިފައި ހުންނަ އެއްޗެއްސާއި ގަނޑު ފެންގަނޑުގަނޑާއި އެއްޗެހި ސާފުކޮށް އެނގުމެވެ.

މިއީ 1982 އާއި 2016 އާ ދެމެދު ނެގުނު ލޭންޑްސްޓެޓްގެ 10000 ފޮޓޯގެ ތެރެއިން ފޮޓޯއެކެވެ. މި ފޮޓޯވަނީ ޖިއޯޕިޒިކަލް ރިސާޗް ލެޓާރއެއްގައި ޗާޕުކުރެވިފަ އެވެ.

2. ސަހަރާއާއި ފަރުބަދަތައް ބައްދަލުވާ ތަން

ލޭންޑްސްޓެޓް 8 ކުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ނަގާފައިވާ މި ފޮޓޯއަކީ ދުނިޔޭގެ ހަމައެކަނި ކޯސްޓަލް ޑެސާޓް ނުވަތަ މޫދާޖެހިފައި އޮންނަ ހަނަފަސް ސަހަރާ ކަމަށްވާ ނަމިބް ސޭންޑް ސީ އާއި ނަމިބް ނައުކުލްފްޓް ޕާކްގެ ގާމަތީ ފަރުބަދަތައް ބައްދަލުވާ ތަނެވެ.

ނަމިބް ސޭންޑް ސީ 10000 ސްކޮޔާރ މޭލަށް ވުރެ ބޮޑު ތަނެއް ކަވަރުކުރެ އެވެ. ވެލިގަނޑު ރެޑިޝް ބުރައުން ކުލައެއްގައި ހުންނަނީ އެތަނުގެ ވެލީގައި ހުންނަ އަޔަން އޮކްސައިޑްގެ ސަބަބުންނެވެ.

3. ޖޭސަން އާއި ބުލޫމޮނޯޓްސް

މިހައިރާންކުރުވަނިވި އަލްގަލް ބްލޫ ކުލައިގެ ހުޅަނގު ޖޭސަން އައިލޭންޑްސް ވަށާލާ ފޮޅިފައިވާ ސަރަހައްދަކީ އޮކްޓޫބަރު 18 2020 ގައި ލޭންޑްސްޓެޓް 8 ކުން ނެގިފައިވާ ތަސްވީރެކެވެ.

ތަސްވީރުން ފެންނަ މިލްކީ ބްލޫ ކުލައިގެ ނަގޫރޯޅިއެއްކަހަލަ ލޮނުގަނޑު އެނބުރޭތަން އުފެދެނީ އަވަހަށް އުފެދޭ ފޮޓޯސިންތަޓިކް އަލްގޭގެ ސަބަބުންނެވެ. ފޮޓޯސިންތަޓިކް އަލްގޭ އަކީ ސަދަން އޯޝަންގައި އުފެދޭ ސާކަމްޕޯލާ ކަރަންޓުގެ އަސަރުން އުފެދޭ މަލްވީނަސް ކިޔާ ކަރަންޓަކުން ފުންކަނޑުގެ އަޑީގައި ހުންނަ ނިއުޓްރިއެންޓްސް ޖޭސަން އައިލޭންޑްސް ކައިރިއަށް އައުމުގެ ތެރެއިން އުފެދޭ އެއްޗެކެވެ،

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355