twitterviber whatsapp telegramfacebookyoutube instagram
23rd September 2026

ނެއްލައިދޫ: ބޭނުމެއް ނެތި ބޭރުގައި އުޅުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Aug 17, 2021

ހދ. ނެއްލައިދޫގައި ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނިކުމެ އުޅުން ނެއްލައިދޫ ކައުންސިލުން މަނާކޮށްފި އެވެ.

ނެއްލައިދޫ ސްކޫލު ދަރިވަރަކު އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެހެން ކަމުން އެރަށުގައި ކޮންމެ ރެޔަކު 09:00 ން ފަތިހު 04:00 އަށް ކާފިއު ހިންގާނެ އެވެ.

އެރަށު ކައުންސިލުން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޒަރޫރީ ބޭނުމެއް ނެތި އެހެން ގަޑިތަކުގައިވެސް ބޭރަށް ނިކުމެ އުޅުން މަނާވާނެ ކަމަށާއި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކް އަޅަންވާނެ ކަމަށެވެ.

ފިހާރަތަކުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވާނެ ކަމަށާއި ކުޅިވަރުގެ ހުރިހާ ހަރަކާތެއް މެދުކަނޑާލަން ޖެހޭނެ ކަމަށެވެ. އަދި މިސްކިތަށްދާ ފަރާތްތަކުން ގެއިން ވުޟޫކޮށްގެން މުސައްލަ ހިފައިގެން ދިއުމަށް ކައުންސިލުން ވަނީ އަންގާފަ އެވެ.

މީގެ އިތުރުން މަސްވެރިކަމަށް ފުރާ އުޅަނދުފަހަރު ކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި މި ގޮތަށް ފުރާ އުޅަނދު ފަހަރު އެހެން ރަށްރަށަށް ފޭބުން މަނާވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293