twitterviber whatsapp telegramfacebookyoutube instagram
4th May 2024

އަފީފުއްދީން ސްކޫލުގެ ރީޖަނަލް ދަނާލަށް ބޭނުންވާ ބިން ހަމަޖައްސައިދީފި

އަބްދުލް ވާހިދު ޙަސަން
Aug 18, 2021
4

އަފީފުއްދީން ސްކޫލުގެ ފުރާ ފުރިހަމަ ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާ ރީޖަނަލް ދަނާލު އެޅުމަށް ބޭނުންވާ ބިން ސިޓީ ކައުންސިލުން ހަމަޖައްސައިދީފި އެވެ.

އެކަމަށް ބޭނުންވާ ބިން ހަމަޖެއްސީ މިއަދު ބޭއްވި އާންމު ބައްދަލުވުމުގައި އެވެ. ދަނާލު ގާއިމުކުރުމަށް ބިން ހަމަޖެއްސީ، އަތޮޅު ކައުންސިލް އިދާރާގެ ފުރަގަހުން އޮންނަ ބިމެވެ. މުނިސިޕަލް ކޮމެޓީން ހުށަހެޅި ގޮތަށް އެތަނުގައި ދަނާލު އެޅުމަށް ފާސްވީ ހުރިހާ މެމްބަރުންގެ ވޯޓުންނެވެ.

މި ބަހުސްގައި ޑެޕިއުޓީ މޭޔަރު ވިދާޅުވީ، އަފީފުއްދީން ސްކޫލަށް ލިބުނު ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރާ ދަނާލަކަށްވުމުން އެ ސްކޫލާ ކައިރިން އަދި ތާރު އަޅައިގެން ހެދިފައި ހުރި މަގުތަކާވެސް ކައިރިން ބިމެއް ހަމަޖެހިގެން ދިޔުމުން ދަނާލު ބޭނުންކުރާ ދަރިވަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި މި ބިމަކީ މީހުން ދިރިއުޅޭ ސަރަހައްދުގެ މެދުގައި މަދިރި ފަދަ ތަކެތި އާލާވުމަށް ދޫކޮށްލެވިފައިވާ ބިމެއްކަމުން އެތަނުންގައި ދަނާލު ގާއިމުކުރުން އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެކަންވެސް ޑެޕިއުޓީ މޭޔަރު ފާހަގަކުރެއްވި އެވެ.

މި އެޖެންޑާއަށް މެމްބަރު އާތިފާ އަލީ އާއި އަހުމަދު އަބުދުﷲ ވެސް ވާހަކަދެއްކެވި އެވެ. އެ ބޭފުޅުންވެސް އެބިމުގައި ދަނާލު އެޅުމުން ލިބިގެންދާނެ ފަސޭހަތަކުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަދެއްކެވި އެވެ.

އަފީފުއްދީން ސްކޫލުގެ، ފުރާ ފުރިހަމަ ސުކޫލްގެ ޕުރޮޖެކްޓް ހިންގުމަށް ސަރުކާރުން ކަނޑައަޅައި އެތަނުންގައި ވަރަށް ގިނަ އާ ހިދުމަތްތަކެއް ލިބިގެންދާނެކަމުގެ ފެހި ސިގްނަލް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސްކޫލަށް ވަޑައިގަތް ދެއްވާފައިވާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ނާސިހާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން އެ ޕްރޮގުރާމް ފެށިގެންދާއިރު ސްކޫލަށް އުމްރާނީ ތަރައްގީ އިންސާނީ ވަސީލަތްތައް އަދި އެހެނިހެން ކުރިއެރުންތައް އަންނާނެކަމަށާއި އެގޮތުން ސްޕޯޓްސް ފެސިލިޓީއަކާއި ސްޓެމް ލެބަކާއި ޑައިނިން ހޯލެއް، ކުރިއޭޓިވް އާރޓްސް ރޫމެއް އަދި މިިއުޒިކް ރޫމެއް މިޕްރޮގުރާމުގެ ދަށުން ލިބިގެންދާނެކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ދަރިވަރުންނަށް ތަފާތު އެތައް ހުނަރުތަކެއް ދަސްކޮށްދެވޭނެ ކަމަށާއި އެކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން އެކުއްޖަކަށް ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ. މި ދަނާލަކީ އެ ސްކޫލަށް އެ ދާއިރާތަކުން ހުނަރު ދަސްކުރުމަށް އަންނަ ރަށުން ބޭރު ކުދިން ތިބުމަށް ހާއްސަކޮށް ގާއިމުކުރާ ދަނާލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355