twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތުން ހުއްޓުވުމަށް އެޑިއުކޭޝަންގެ ޕްރޮޖެކްޓެއް

ޚަދީޖާ އާދަމް
Aug 19, 2021
1

ދަރިވަރުންގެ ކިބައިގައި ހަރުކަށި ވިސްނުން އަށަގަތުން ހުއްޓުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. މިއީ އެ ޕްރޮޖެކްޓަކީ ޔޫއެސް އެއިޑްގެ ހިލޭއެހީގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.

އެގޮތުން ޕްރޮޖެކްޓާއި ބެހޭ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިއްޔެ ވަނީ ސޮއިކޮށްފައެވެ. މި އެއްބަސް ވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާއެވެ.

"ޕްރޮމޯޓިން ރެޒީލިއަންސް އިން ދި މޯލްޑިވްސް- ޕްރައިމް"ގެ ނަމުގައި ކުރިއަށްގެންދާނެ އެ މަޝްރޫއާއި ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ދަރިވަރުންނަށް ދިމާވާ ދަތިތަކުން ސަލާމަތް ވުމަށް އެކުދިންނަށް ދަސްކޮށްދިނުމާއި ހަރުކަށިވިސްނުން އަށަގަތުން ހުއްޓުވުމަށްޓަކައި އެކުދިންގެ ކިބައިގައި ދީނަށް ލޯބިޖެއްސުން ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން އެކުދިންނަށް، އެހެންމީހުންނަށް އިހުތިރާމު ކުރުމަށާއި ކަންކަމުގައި ފުންކޮށް ވިސްނަން ދަސްކޮށްދެވޭނެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާނެ ހަރަކާތްތަކުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ދަރިވަރުން ދެނެގަތުމަށް، ރިސްކް އެސެސްމަންޓް ހަދަން ބޭނުން ކުރާނެ އާލާތެއް ތައްޔާރުކުރުމާއި ބެލެނިވެރިންގެ އަތްމަތީ ފޮތެއް ތައްޔާރުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކުގައި އެހީތެރިވެރިދިނުމާއި ސުލްހައަށް ލޯބިކުރަން ދަރިވަރުންނަށް ދަސްކޮށްދިނުން ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355