twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުރީދޫ އިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް ހާސިލް ކޮށްފި

ނަބީލާ އިސްމާޢީލް
Aug 19, 2021

18 ވަނަ ސްޓީވީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސް އަދި އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްއިން ފާހަގަކޮށްލެވޭ އެވޯޑްތަކެއް އުރީދޫ އިން ހާސިލް ކޮށްފިއެވެ.

އުރީދޫން ބުނީ ކޮވިޑް-19 އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދީފައިވާ ގިނަ ގުނަ ހިދުމަތްތަކަށް ސިލްވާ އަދި ބްރޮންޒް ސްޓީވީ ލިބިފައިވާއިރު މޫލީ އަދި އެމް-ފައިސާ ގެ ހިދުމަތައްވެސް ފާހަގަ ކޮށްލެވޭ އެވޯޑެއް ހާސިލްކޮށްފައިވާ ކަމަށެވެ.

18ވަނަ އަހަރީ އިންޓަނޭޝަނަލް ބިޒްނަސް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

ބްރޮންޒް ސްޓީވީ - މޯސްޓް ވެލުއަބަލް ސަރވިސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)

އޭޝިއާ ޕެސިފިކް އެވޯޑްސްއިން ލިބިފައިވާ އެވޯޑުތައް

  • ސިލްވަރ ސްޓީވީ - މޯސްޓް ވެލުއަބަލް ކޯޕޮރޭޓް ރެސްޕޯންސް (ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދިން އެހީތެރިކަން)
  • ބްރޮންޒް ސްޓީވީ – އެކްސެލެންސް އިން އިނޮވޭޝަން އިން ކޮންސިއުމަރ ޕްރޮޑަކްޓް އެންޑް ސަރވިސް އިންޑަސްޓްރީސް (މޫލީ އަދި އެމް-ފައިސާގެ ޙިދުމަތްތައް)

"އުރީދޫ މޯލްޑިވްސް އަކީ މުޖުތަމައުތަކުގެ ތަރައްގީއައި ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްކަމުން ކޯވިޑް 19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޓީމުން ވަނީ ކަސްޓަމަރުންނަށާއި މުޖުތަމައުތަކަށް އެކި އެކި ގޮތްގޮތުން އެހީ ފޯރުކޮށްދިނުމުގައި ބުރަ މަސައްކަތްތަކެއްކޮށްފައެވެ. އެހެންކަމުން ބައިނަލް އަގުވާމީ ޕްލެޓފޯމެއްގައި މި މަސައްކަތް ފާހަގަވެ އެވޯޑެއްލިބުމަކީ އަޅުގަނޑުމެން ނުހަނު ފަހުރުވެރިވާކަމެއް. ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް އުރީދޫ ޓީމުން ވަނީ ގިނަ ގުނަ ލަނޑުދަނޑިތަކެއް ހާސިލްކޮށް އީޖާދީ ޙިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެހެންކަމުން މި ފުރުސަތުގައި އަޅުގަނޑުމެންގެ ކުރިއެރުމާ ގުޅިފައިވާ ހީވާގި މުވައްޒަފުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަން. އަދި މި ހިތްވަރާއި އެކު އުރީދޫގެ ޚިދުމަތްތައް އިތުރަށް ކުރިއަރުވާ، ބައިނަލްއަގުވާމީ ފެންވަރުގެ އައު އީޖާދުތަކާ ދިވެހިން ގުޅުވާލަދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އުރީދޫއިން ދަނީ ކުންފުނީގެ މުވައްޒަފުން، ކަސްޓަމަރުން އަދި ދިވެހި ރައްޔިތުންނަށްވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން އުރީދޫ ގްރޫޕާއި ގުޅިގެން ރާއްޖޭގައި ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ބޭނުންވާ ވެންޓިލޭޓަރ، ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އަދި ޓެސްޓިންގ ކިޓް ހޯދުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެއްބާރުލުންދިނުމުގެ ގޮތުން 2.5 މިލިއަން ރުފިޔާގެ އެހީތެރިކަންވަނީ ފޯރުކޮށްދީފައެވެ.

ސަރުކާރާއި ސަރުކާރުގެ އެހެން އިދާރާތަކާއި ގުޅިގެން އުރީދޫން ދަނީ މި ޕެންޑެމިކް އާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރެވެމުންދާ އެންމެ މުހިންމު މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން އިންޓަނެޓް ކަނެކްޝަންގެ އެހީތެރިކަމާއި، ކޮވިޑް-19 އާއި ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ކިޔަވާދިނުމަށާއި ސިއްހީ ދާއިރާ އަދި ވިޔަފާރިތަކަށް ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އުރީދޫގެ ތަސައްވުރާއި އެއްގޮތުގެ މަތިން ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ފަހި މުޖުތަމައެއް ބިނާކޮށް، ރައްޔިތުންނާއި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށް ފުޅާކޮށްދިނުމަށް އެކުންފުނިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުގެ އުރީދޫގެ ސެލްފް ކެއަރ އެޕްގެ އަޕްގްރޭޑާއި އެކު، އުރީދޫގެ މޯބައިލް މަނީ ހިދުމަތް އެމް-ފައިސާ އަދި އީ-ކޮމަރސް ޕްލެޓްފޯރމް މޫލީގެ ހިދުމަތްވެސް އެއް ޕްލެޓްފޯރމަކުން ލިބުމުގެ ފަސޭހަ ފަހިކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާއެއް ލިބޭނެ ގޮތަށްވަނީ ބަދަލުކުރެވިފައެވެ.

ލޮކްޑައުންއާއި ގުޅިގެން މޫލީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ފަސޭހަކަމާއެކު އޮންލައިން ވެ ގިނަ ކަސްޓަމަރުންތަކަކަށް ހިދުމަތްފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެން ދިޔައިރު، އެމް-ފައިސާ މެދުވރިކޮށް ބިލް ދެއްކުމުގެ އިތުރުން އޮންލައިން ކޮށް އޯޑަރުކުރުމުގައ އާއި ވިޔަފާރިކުރުމުގައި ފައިސާގެ މުއާމަލާތް ފަސޭހަވެގެންދިޔައެވެ. ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އުރީދޫ މޯލްޑިވްސްގެ މިފަދަ އިސްނެގުންތަކާއި އީޖާދީ ޚިދުމަތްތައް ތައާރަފްކުރުމަށް ކުރެވޭ ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުންފުނިން ދަނީ ދުނިޔޭގެ ވަރުގަދަ ޕްލެޓްފޯރމްތަކުގެ ސަމާލުކަން ހޯދާ، ފަހުރުވެރި އެވޯޑްތައް ހާސިލްކުރަމުންނެވެ.


ރާއްޖޭގެ ރައްޔިތުންނާއި އޮންނަ ގާތް ގުޅުން ދަމަހައްޓާ، ބާރު ސްޕީޑެއްގައި ބަދަލުވަމުން އަންނަ އީޖާދީ ޓެކްނޮލޮޖީ އާއި ދިވެހިން ގުޅުވާލަދީ، އިތުރު ފުރުސަތުތަކާއި އެކު ދިވެހިންގެ ދިރިއުޅުމަށް އިތުރު ފަހިކަމެއް ގެނެސްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކިގެން ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމުގައި އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން އުރީދޫން އަރުވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355