twitterviber whatsapp telegramfacebookyoutube instagram
11th May 2024

ހިކަނދިފަތުގެ ޖާގައަކީ ތަށީގެ އެއް ކައިރިކަމުގައި ނަހަދަމާ!

ނަބީލާ އިސްމާޢީލް
Aug 23, 2021

ރިހައިގެ ބާވަތްތަކާއި ލޮނު ކާނާ ތައްޔާރު ކުރާއިރު ހިކަނދިފަތް އާންމުކޮށް ބޭނުންކުރި ނަމަވެސް ގިނަ ފަހަރަށް އެ ފަތްތަކަކީ ތަށި އެއްކައީގައި ބޭއްވުމަށްފަހު އެއްލާލާ އެއްޗަކަށްވަނީ ވެފަ އެވެ. އެއީ ފައިދާ ހުރި އެއްޗެއްކަން ނޭނގޭތީއެއްވެސް ނޫނެވެ.

ރާއްޖޭގައިވެސް ވަރަށް ފަސޭހައިން ހައްދާލެވޭ ހިކަނދިފަތަކީ އަހަރެމެންގެ ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ބޭރަށް ހިނގުންމަށް ފަރުވާއަކަށްވެއެވެ. އަދި ހަށިގަނޑުގެ ކޮލެސްޓްރޯލާއި ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. މީގެ އިތުރުންވެސް ހިކަނދިފަތުން ލިބޭ އެތައް ފައިދާއެއް ހުރެއެވެ.

ހިކަނދިފަތުގައި އެކުލެވޭ ވިޓަމިން އޭ، ވިޓަމިން ބީ، ވިޓަމިން ސީ، އަދި ވިޓަމިން އީގެ ސަބަބުން ހަށިގަނޑަށް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ލިއްބައިދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ އޮކްސިޑައިޒިންގް އޭޖެންޓްސްއާ މި ބާވަތް ހަނގުރާމަ ކުރެއެވެ. އަދި ހިކަނދިފަތަކީ ބެކްޓީރިއަލް އަދި ފަންގަލް އިންފެކްޝަންތަކާ ހަނގުރާމަކުރަންވެސް އެހީވެދޭ އެއްޗެކެވެ.

ހިކަނދިފަތުގައި އެކުލެވޭ ކެމިކަލް މާއްދާތަކުގެ ސަބަބުން ލުކީމިއާ އަދި ޕްރޮސްޓްރޭޓް ކެންސަރު ފަދަ ކެންސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީވެދެއެވެ.

ހިކަނދިފަތުގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަވެއެވެ. އަދި އިސްތަށިގަނޑު ދިގުވުމަށް އެހީވެދޭ އެއްޗެއް ކަމަށްވެއެވެ. ހިކަނދިފަތުން ޕޭސްޓެއް ހަދާފައި ހަންގަނޑުގައި އަނދާފައި، ނުވަތަ ހަލާކުވެފައި ހުންނަ ތަންތަނުގައި އުނގުޅުމުން އަވަހަށް ފަސޭހަވެއެވެ.

މިއީ ގިނަ އަދަދަކަށް ވިޓަމިން އޭ އެކުލެވޭ އެއްޗެކެވެ. ވިޓަމިން އޭ ގައި އެކުލެވޭ ކެރޮޓެނޮއިޑްގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދެއެވެ. ވިޓަމިން އޭ މަދުވެއްޖެނަމަ ލޮލުގެ ފެނުން ފުސްވުން ފަދަ އެކިކަހަލަ މައްސަލަތައް ދިމާވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355