twitterviber whatsapp telegramfacebookyoutube instagram
18th October 2024

ރައިވަރުގެ ގަވައިދު އެކުލަވައިލެއްވި ކަމަށް ބުނެވޭ އެދުރު އުމަރު މާފަތްކަލޭގެފާނު

މުޙައްމަދު އަހުމަދު
Aug 23, 2021

ރާއްޖޭގައި އެތައް ބައިވަރުން އަދީބުންނެއް އުޅުއްވި އެވެ. އެގޮތުން މިފާހަގަކޮށްލަނީ ޅަފަތުގެ ދައުރުގެ އަދީބުންގެ ތެރެއިން އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނުގެ ވާހަކަ އެވެ.

އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނަކީ ހިޖުރައިން 12 ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރި ޅެންވެރިއެކެވެ. މީނާގެ ހިދުމަތްތަކުގެ ތެރެއިން ފެންނާން އޮތީ ބޮޑު ތާހީދޭ ކިޔާ ރައިވަރު ފޮތެކެވެ.

ބޮޑު ތާހީދަކީ އެފޮތުގައި އިސްލާމްދީނުގެ އަގީދާތަކާއި ހެޔޮ ނަސޭހަތްތަކުގެ ވާހަކައާއި ނަބީންނާއި ސަހާބީންގެ ވާހަކަ އަދި އާހިރަތްދުވަހުގެ ވާހަކައާއި އަޒާބާއި ސަވާބުގެ ވާހަކަ އެކުލެވޭ ރައިވަރު ފޮތެކެވެ.

މިވާހަކަތައް އެކުލަވާލައްވާފައިވަނީ އޭރު އާންމުކޮށް ބޭނުންކޮށް އުޅުނު ޅެމުގެ ބާވަތެއް ކަމުގައިވާ ރައިވަރުންނެވެ. މިފޮތުގައި 300 އެތައް ރައިވަރެއް އޮތްއިރު މިފޮތް ލިޔުއްވާފައިވަނީ 1150 ހ. ގައެވެ.

އެދުރު އުމަރު މާފަތްކަލޭގެފާނު ފާހަގަކޮށްލެވޭ އެހެން ގޮތަކަށް ބަލާލާއިރު އިހުގެ ރައިވަރުތައް ހުންނަނީ ބަސްތަކުގެ އަދަދަކަށް ކާފިޔާ ހަމަ ކުރުމަކަށް މާބޮޑު ބެލުމެއް ނެތި އެވެ. ނަމަވެސް މިހެން މިކަން އޮއްވައި ވަކި ގަވައިދު ތަކެއް ހިފަހައްޓަވައިގެން ތިންބަސް ރައިވަރާ ހަބަސް ރައިވަރުގެ މައްޗަށް ރައިވަރުތައް އެންމެ ފުރަތަމަ ހަމަޖެއްސެވި ކަމަށް ބުނެވެނީ މީނާ އެވެ.

އެދުރު އުމަރު މާފަތްކަލޭގެފާނުގެ އަށްބަސް ރައިވަރެއް:

އިރިއިރިވެ އިރުންވާ | ދިރިނުތިބެމަސްކަނޑު ދުވާ | ހިރިއުފުލި ކަނދުވަތަށްދާ | ނިރިގަހު ވަތަށް ކުރިފަޅާ | މިރިނުވެ ގޮބޮޅި ކާށިވާ | ފިރި އަންހެނުން ވަރިކުރާ | ތިރިފަތި ކަނާވެގެންޔޭމި | ދިރިއުޅެނީ ދުނިޔޭމި

އެދުރު އުމަރު މާފަތްކަލޭގެފާނުގެ ހަތަރުބަސް ރައިވަރެއް:

ނޭފަ ގޮވަތޭ ކަބަހުސި | އޭވަލަށާ ނުގެއްލަނި | ކޭ މަޑު ފަޅޯ ވިޔާ ޑާޑި | ޔޭ ދުނިލާން ސުގަ ޑާޑި

އެދުރު އުމަރު މާފަތްކަލޭގެފާނުގެ އިތުރު ރައިވަރުކޮޅެއް:

އިއްތީ އަރައެ އަސްމަތީ | ދުންމީރުވަސް ގައިންފިލާ | ޖިންނި އަޔޭ ގާފިލާ

އޭވަޒީރާ މަގޭ ކުޑަ | ލާބަ ނިޔަތެއް ބައްޕަ މުއްމި | ފައި މަގުދާތި ހިނގަމުންމި

އެދުރު އުމަރު މާފަތްކަލޭގެފާނާ ބެހޭގޮތުން އެނގުމަކީ ދިވެހިންނަށް ވަރަށް މުހިންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355