twitterviber whatsapp telegramfacebookyoutube instagram
16th November 2026

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިން މާދަމާ ލިބޭނެ

ނަބީލާ އިސްމާޢީލް
Aug 21, 2021

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރާ އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމަންޓް މާދަމާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ޖަޕާނުން ރާއްޖެއަށް ފޯރުކޮށްދެނީ އެގައުމުން ކޮވެކްސް ފެސލިޓީއަށް ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒްގެ ތެރެއިން ފޯރުކޮށްދޭ ވެކްސިނެވެ.

ޖަޕާނުން ވަނީ ކޮވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތުން ޖުމްލަ 10 ގައުމަކަށް ކޮވިޑް-19 ވެކްސިން ހަދިޔާކުރަން ނިންމާފައެވެ. ހަދިޔާކުރާ 11 މިލިއަން ވެކްސިން ޑޯޒް ބަހާލެވޭނީ އެ 10 ގައުމުގެ މެދުގައެވެ.

ޖަޕާނުން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވަނީ އެސްޓްރާޒެނެކާ ވެކްސިނެވެ. އެހެންނަމަވެސް ހަދިޔާކުރަނީ ކިހާ އަދަދެއްގެ ވެކްސިނެއްކަމެއް އަދި ހާމަކޮށްފައެއްނުވެއެވެ.

ރާއްޖޭގައި މިހާރު ގިނަބަޔަކަށް ދެމުންގެންދަނީ އެސްޓްރާޒެނަކާ ވެކްސިނެވެ. އެގޮތުން ކުރިން ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ދެވަނަ ޑޯޒުގެ ގޮތުގައިވެސް ޖަހަނީ އެސްޓްރާޒެބަކާ އެވެ.

ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ވެކްސިން ރާއްޖޭގައި ހުރިކަމަށް ސަރުކާރުންވަނީ މީގެ ކުރިން ބުނެފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ދޭ ވެކްސިނާއި ހަވާލުވުމަށް ބާއްވާ ރަސްމިއްޔާތު މާދަމާ 11:15 ގައި ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިންގައި އޮންނާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293