twitterviber whatsapp telegramfacebookyoutube instagram
25th March 2026

ކޮވިޑްއިން ރައްކާތެރިވުމަށް މާސްކު އެޅުން ދޫކޮށްނުލުމަށް އެދެފި

Aug 22, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަދިވެސް ކުރާނެ އެންމެ ބޮޑު އެއް އިލްތިމާސަކީ މާސްކު އެޅުން ދޫކޮށްނުލުން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އަދިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރެމުން އަންނަ ކަމަށާއި އެހެންކަމުން އިލްތިމާސްއަކީ ހުރިހާ ފަރާތްތަކުންވެސް މާސްކުއެޅުން އެޅުންކަމަށެވެ. ވެކްސިން ޖަހާފައިވާ ފަރާތްތަކުންވެސް މާސްކު އަޅައިގެން އުޅުމަށް މިނިސްޓަރުވަނީ އެދިލައްވަފައެވެ.

ހަމައެއާއެކު މާސްކު ނާޅާ އުޅޭ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ކުރާނެކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ލިން އަރައިގަތުމަށްޓަކައި މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ވެކްސިން ޖެހުމުގެ މަސައްކަތްކަމަށާއި އަދި ވީހާވެސް ގިނަ ބަޔަކު އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355