twitterviber whatsapp telegramfacebookyoutube instagram
10th August 2026

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް އަދި ޖަހަން ޖެހޭނެ: ހެލްތް މިނިސްޓަރު

ނަބީލާ އިސްމާޢީލް
Aug 22, 2021

ކޮވިޑް 19 އިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒު ޖެހުމަށްފަހު ބޫސްޓާ ޑޯޒެއް ޖަހަން ޖެހޭނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

ހެލްތް މިނިސްޓަރު މިހެން ވިދާޅުވީ ޖަޕާން ސަރުކާރުން ރާއްޖެއަށް މިއަދު ހަދިޔާކުރި 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިނާ ހަވާލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ހެލްތް މިނިސްޓަރު ވިދާޅުވީ އެ ހުރިހާ ކަންތައްތަކަށް ބަލާއިރު މި ވެކްސިން އަކީ ލިބުނު ރަނގަޅު އެއްޗެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެއަކީ ވެކްސިން ޖެހި ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ގައުމަކަށްވާނެ ކަމަށާއި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.

ދުބާއީ ފަދަ ބައެއް ސަރަހައްދުތަކުގައި ސިނޮފާމް ވެކްސިން ޖަހާފައިވާ މީހުންނަށް ބޫސްޓާ ޑޯޒް ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަން ނަސީމް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖެއިން އެގޮތަށް އަމަލު ކުރުމަށް ނިންމާނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355