ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ވަނީ އަސަރުގަދަ ޕްރެސް ކޮންފަރެންސަކަށް ފަހު ބާސާ ދޫކޮށްލާކަން ހާމަކޮށްފަ އެވެ.
21 އަހަރަށްފަހު މެސީ ބާސާ ދޫކޮށްލިއިރު ޕްރެސް ކޮންފަރެންސްގައި ކަރުނަ ފޮހެން ބޭނުންކުރި ޓިޝޫކޮޅެއް ވިއްކާލަންވެގެން މީހަކު ވަނީ އެޓިޝޫކޮޅު އެއް މިލިއަން ޑޮލަރަށް މެއިކެޑުއޯ ކިޔާ ނީލަންކުރާ ވެބްސައިޓަކަށް ލައިފަ އެވެ.
ނަންހާމަކޮށްފައިނުވާ މިމީހާ މިޓިޝޫކޮޅު ނަގާފައިވަނީ މެސީ އެޓިޝޫކޮޅު ޑަސްބިނަށް ލާ މަންޒަރު ފެނިގެން ކަމަށް ގަލްފް ޓުޑޭ ނޫހުން ރިޕޯޓުކޮށްފައިވެ އެވެ.
މެސީގެ ޓިޝޫކޮޅު ވިއްކާލަން މިމީހާކުރި އިޝްތިހާރުގެ ސްކްރީންޝޮޓް މިހާރުވަނީ އިންޓަނެޓުގައި ވަރަށް ބޮޑަށް ވައިރަލްވެފަ އެވެ. މެސީގެ އެއްޗެއްސަށް މިހާރުވެސް އެހާ ޑިމާންޑް ބޮޑުއިރު މިޓިޝޫކޮޅު ވާނީ މެސީގެ އެއްޗެހި އެއްކުރަން ޝައުގު ހުންނަ މީހުންނަށް ރަނަށެވެ.
މެސީ ވަނީ 21 އަހަރަށް ފަހު ބާސާ ދޫކޮށްލުމަށް ފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން ޕީއެސްޖީއާ ގުޅިފަ އެވެ.