twitterviber whatsapp telegramfacebookyoutube instagram
16th September 2026

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Aug 23, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ތިންވަނަ ފިޔަވަހީގައި "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އިން މި ފަހަރު އަމާޒުކޮށްފައި ވަނީ ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށެވެ. ޕްރޮޕޯސަލް ހުށަހަޅައިގެން ހޮވޭ ފަސް ފަރާތަކަށް 50،000ރ. ދިނުމަށް ބީއެމްއެލް އިން ވަނީ ކަނޑައަޅައިފަ އެވެ.

މި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑި އަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ 11:59 އެވެ. ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމް [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ބީއެމްއެލް އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. އަދި ބީއެމްއެލް އިން ވަނީ މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 50 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އަދި އެޕްލިކޭޝަން ފޯމު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293